ދިވެހިރާއްޖެ
ނަންބަރ:FNK-K(T)/FNK/IUL/2017/040
އިޢުލާން
ސ.ހިތަދޫ 13 ނަންބަރ ސަބްސްޓޭޝަންގެ ފުރާޅުގެ މަސައްކަތް ކުރުމާއި ގުޅޭ:
މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް ސ.ހިތަދޫ 13 ނަންބަރ ސަބްސްޓޭޝަންގެ ފުރާޅުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ: FNK-K(T)/FNK/IUL/2017/021 (6 މާރިޗު 2017) އިއުލާންއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެޢިއުލާން ބާތިލްކޮށް އެ ފުރުސަތު މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އެޕްރީލް 09 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ސ.ހިތަދޫ ބްރާންޗަށެވެ.
މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލާމަތަށްޓަކައި ދެންނެވީމެވެ.
07 ރަޖަބް 1438
04 އެޕްރީލް 2017