ދިވެހިރާއްޖެ
ކުރީގެ ލޯކަލް މާރުކޭޓް އިމާރާތް ކުއްޔައް ދޫކުރުމާއި ގުޅޭ.
ލ. ގަމު މަތިމަރަދޫ ކުރީގެ ލޯކަލް މާރުކޭޓް އިމާރާތަށް މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ބަދަލުގެނެސް އަމިއްލަ ތަކެތީގައި މަރާމާތު ކުރާގޮތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ގަމު ކައުންސިލް އިދާރާ  | 
 11 އެޕްރީލް 2017  | 
 އަންގާރަ  | 
 12:00  | 
| 
 އަގު ހުށައެޅުން  | 
 ގަމު ކައުންސިލް އިދާރާ  | 
 17 އެޕްރީލް 2017  | 
 ހޯމަ  | 
 12:00  | 
މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އަގު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.