ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)166-Schol/166/2017/ 25
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:59
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަވާހިރުލާލް ނެހެރޫ ޓެކްނޮލޮޖިކަލް ޔުނިވަރސިޓީ، ހައިދަރުއާބާދު
އިންޑިއާގެ ހައިދަރުއާބާދުގެ ޖަވާހިރުލާލް ނެހެރޫ ޓެކްނޮލޮޖިކަލް ޔުނިވަރސިޓީގެ 2017-2018 ގައި ފެށޭ ދިގު މުއްދަތުގެ ކޯސްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެފަރާތުން ވަނީ އަންގަވާފައެވެ. އަދި ސާކު ޤަޢުމުތަކުގެ ދަރިވަރުން ދައްކަންޖެހޭނީ ކޯސްފީގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް އެ ފަރާތުންވަނީ އަންގަވާފައެވެ. މި ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓް www.jntuh.ac.inއަދި www.jntuhdufr.com އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި ކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވެލައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. |
29 މާރިޗު 2017