ދިވެހިރާއްޖެ
ނަންބަރު: IUL)321-A/321/2017/27)
އިޢުލާން
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ތަކެތި ގަތުމާއި ބެހޭ
ތުޅާދޫ ކުޑަކުދިންގެ ޕާކަށް ބޭނުންވާ މިދަންނަވާތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.
1 ސީސޯ 650cm x 500cm x 320cm
1 ސްޕްރިންގް ރައިޑަރ95cm x 85cm x 24cm
1 ސީސޯ 150cm x 60cm x 70cm
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމައްފަހު، 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ފޮނުވާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ލިޔުމެއް ހުށަހެޅުއްވުމުންނެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފްކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިކައުންސިލްގެ މީޓިން ރޫމްގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
06 ރަޖަބް 1438
03 އޭޕްރީލް 2017