މަސައްކަތް
ނަންބަރު: 411-B/IUL/2017/5
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 10 އޭޕްރިލް 2017 11:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ނޯޓިސްބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

 

ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ނޯޓިސްބޯޑު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 

މިއިދާރާގައި ނޯޓިސްބޯޑެއް ހަދައި ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2017ވާ ހޯމަ ދުވަހުގެ ހެނދުނު 11.00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 17 އެޕްރީލް 2017ވާ ހޯމަ ދުވަހުގެ ހެނދުނު 11.00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ދެއްވަދޫ ކައުންސިލްގެ އިދާރާގައި ނޯޓިސްބޯޑު ހަދައި ހަރުކޮށްދިނުމުގެ މަސައްކަތް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

  06  ރަޖަބް    1438 

  03  އެޕްރީލް  2017

03 އޭޕްރިލް 2017