މަސައްކަތް
ނަންބަރު: (A)AB-2017/128
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 18:25
ސުންގަޑި: 16 އޭޕްރިލް 2017 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

  ނަންބަރ:A)AB-2017/128)

އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް އެއަރކޮންޑިޝަންތަކެއް ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު A)AB-2017/065) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހުގައި ބައެއް މަޢުލޫމާތު ހިމެނިފައި ނުވާތީ އިޢުލާނާއި، އިޢުލާނާއެކު ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލުކޮށް މި ތަކެތި ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:00

އަންގާރަ

11 އޭޕްރީލް 2017

މަޢުލޫމާތު ސާފުކުރުން

14:00

އާދީއްތަ

16 އޭޕްރީލް 2017

އަންދާސީ ހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

05 ރަޖަބު 1438

02 އޭޕްރިލް 2017