ޢާންމު މަޢުލޫމާތު
                	
                ނަންބަރު: GS-177/IUL/2017/01
                    ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2017
                    ޕަބްލިޝްކުރި ގަޑި:  14:49
                                            ސުންގަޑި: 
                            12 އެޕްރީލް 2017 11:30
                        
                    
                ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހޯލް އިމާރާތް މަރާމާތު ކުުރުމާ ގުޅޭ
                                ކަނޑޫދޫ ސްކޫލު
ތ.ކަނޑޫދޫ
މިސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތު ތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ހޯލް ޢިމާރާތުގެ ކުލާސްރޫމު ތަކުގައި ދޮރާއި ދޮރުފަތް ލުން
 - ހޯލް އިމާރާތުގެ ކުލާސް ރޫމުތަކުގެ ސީލިން މަރާމާތު ކުރުން
 - ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ، ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ކަމުގައި ދަންނަވަމެވެ.
 - 
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު
އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު.
05 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 11:30
12 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 11:30
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 7906486 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ
01 ރަޖަބު 1438
29 މާރޗް 2017
 
                29 މާރިޗު 2017