ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދ.މާއެނބޫދޫ،
ދިވެހިރާއްޖެ
ނަންބަރު: 07/(IUL)E-380/2017
އިޢްލާން
މާއެނބޫދޫގައި އަލަށް ޢީމާރާތް ކުރެވުނު ކައުންސިލް އިދާރާގައި އެއަރކޯން ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މާއެނބޫދޫގައި އަލަށް ޢިމާރާތް ކުރެވުނު ކައުންސިލް އިދާރާގައި 16 އެއަރކޯން، އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ
ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2017 އެޕްރީލް 6 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް
ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އެޕްރީލް 10 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
- މަސައްކަތް ހަވާލްކުރެވޭނީ އިވެލުއޭޝަން ކޮމޓީއަކުން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމްލަ އަގު |
60% |
ތަޖުރިބާ |
25% |
މަސައްކަތުގެ މުއްދަތަށް |
15% |
އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
05 ރަޖަބު 1438
02 އެޕްރީލް 2017