ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލް އިދާރާ
ނ.ހެނބަދޫ/ ދިވެހިރާއްޖެ
ނަންބަރު : IUL)285-C/285/2017/16) ޢިއުލާން
ކައުންސިލްގެ އިދާރާގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ. މިއިދާރާގެ ފާރާތުން ތަކެތި ދިނުމުން، މިއިދާރާގެ މަގުފާރުގައާއި އަދި ކައުންސިލް އިދާރާގެ ބޭރުފާރުގައި ކުލަލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 09 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. އަދި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ 13 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގައެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމުށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ޙުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު2014/18 ) ގެ ދަށުން ވިޔަފާރި ރެޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ވިޔަފާރި ރެޖިސްޓަރީ ކޮއްފައިވާ ފަރާތްތަކަށެވެ. ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 05 ރަޖަބު 1438 02 އޭޕްރީލް 2017 |