ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2017/67
ޕަބްލިޝްކުރި ތާރީޚް: 02 އެޕްރީލް 2017
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 10 އެޕްރީލް 2017 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާކެޓިންގ އޮފިސަރ

މަޤާމް :މާކެޓިންގ އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

މާކެޓިންގ އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

މާކެޓިންގ

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިންގ ޕްލޭންތައް މެނޭޖްކޮށް ތަންފީޒުކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުމާއިރޭވުމާ އެއްގޮތަށް ބަޖެޓްގެ ތެތޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލް ކޮށް ޕްލޭން ތަންފީޒުކުރުން.
  • މާރކެޓިންގ މެނޭޖަރަށް ބޭނުންވާ މާރކެޓް ރިސާޗް ކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވާލުން.
  • މާރކެޓިންގެ ޙަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި އިވިޔޫ ކުރުމުގައި މާރކެޓިންގ މެނޭޖަރަށް އެހީތެރިވުން.
  • މާރކެޓިންގ އާ ގުޅޭ މުވައްޒަފުންނަށް ވާނުވާ އަންގާ އެހީތެރިވުން.
  • މާރކެޓިންގ އާ ބެހޭ ގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި އެހީތެރިވުން.
  • މާރކެޓިންގ މެނޭޖަރު އަންގާއެހެން މަރކެޓިންގ ޙަރަކާތްތަކުގައި ބައިވެރިވުން.
  • ޔުނިވަރސިޓީ އާ ދޭތެރޭ މީހުންދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކް ކުރުން.
  • ޔުނިވަރސިޓީގެ މީޑިއާ ތަކުގައި ބޭނުން ކުރާނޭ އިވެންޓް ތަކާއި ތަންތަނާއި މިހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރެރީއެއް އެކުލަވައިލާ ކެޓްލޮގްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ޕްރޮމޯޝަން އާ ބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކް ފޯސް ތަކުގައި ޢަމަލީ ގޮތުންބައިވެރިވުން.
  • އުފެއްދުންތެރި ޚިޔާލުގެ އަލީގައި ވިޜުއަލް މެޓިރިއަލްސް އާއި ލިޔެކިޔުންތައް ތައްޔާރު ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 އެޕްރީލް 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

އެޑޯބް އިލުސްޓޭޓަރ، ފޮޓޯޝޮޕް، އިން ޑިޒައިން ފަދަ ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެވެއެވެ.

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

02 އެޕްރީލް 2017