1. ޖިންސީގޯނާކުރުމާއި ފުރައްސާރަކުރުން ހުއްޓުވުމުގެ ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްކުރުން.
2. ރާއްޖެއިން ބޭރުން ނުވަތަ ރާއްޖޭގެ އެހެނިހެން އިދާރާއަކުން މިނިސްޓްރީއަށް ލިބޭ ޓްރެއިނިންގތަކާއި ގުޅިގެންކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
3. މުވައްޒަފުންގެ އެޓެންޑެންސް ރިވިއު މަހުން މަހަށް ތައްޔާރުކޮށް ސުޕަވައިޒަރުންނަށް ފޮނުވުން.
4. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުމާއި ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
5. ނޯޕޭ ލީވް، ޕޭލީވް އަދި ފްލެކްސި ވަރކިންގއާއި ގުޅިގެން ހިއުމަންރިސޯސް މެނޭޖްމަންޓް ސެކްޝަނަށް ފޮނުވާ މައްސަލަތަކާއި ގުޅޭ މަސައްކަތްތައް ކުރުން.
6. މިނިސްޓްރީގެ ޚަރަދުގައި ތަމްރީން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ރިޕޯޓް ނުކުރާ ނުވަތަ ޚިދުމަތްކުރުމުގެ ބޮންޑާއިގުޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން އަދި މިފަދަ ކޭސްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
7. ސިވިލް ސަރވިސް ޤަވާއިދުގައިވާގޮތުގެ މަތިން މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް ކުރުން.
8. މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ފާހަގަކޮށް، ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
9. މިނިސްޓްރީއަށް އަލަށް ވަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުން.
10. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
11. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންނާއި ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
12. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އޮޑިޓް މަސައްކަތްތައް ކުރުން.
13. މަސައްކަތާއި ގުޅިގެން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ސެކްޝަނުން ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމާއި، އެ ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުންދީ، ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުން.
14. މިނިސްޓްރީގެ އެޗް.އާރް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
15. ކުރަންޖެހޭ މަސައްކަތްތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވުން.
16. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
17. އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|