މަސައްކަތް
ނަންބަރު: GS52/IUL/2017/09
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 10 އޭޕްރިލް 2017 10:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ރައްކާތެރި ކޮޓަރި ބޮޑުކުރުމާއި ގުޅޭ

މިސްކޫލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް، މިސްކޫލުގައި އިމްތިޙާނު ކަރުދާސް ބަހައްޓާ ކޮޓަރި މަރާމާތުކުރުމާއި ގެންނަންޖެހޭ ބަދަލުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 06 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 10:00  އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

30 މާރިޗު 2017