ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VHC/2017/03
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 10 އޭޕްރިލް 2017 14:00
ރ.ވާދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ެެއެޓެންޑެންޓްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :1

 

 

`

 

ވާދޫ ޞިއްޙީމަރުކަޒު

ރ.ވާދޫ، ދިވެހިރާއްޖެ

 

ނަންބަރު: IUL)VHC/2017/03)

 

އިޢުލާނު

މަޤާމް:

އެޓެންޑެންޓް

މަޤާމުގެ ނަންބަރު:

J-282765

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ސެކްޝަން:

އިދާރީ

މަޤާމް އޮތް އޮފީސް:

ވާދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވާދޫ ޞިއްޙީމަރުކަޒު، ރ.ވާދޫ

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލެވަންސް:

-/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިނާޔަތްތައް)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޞިއްޙީ މަރުކަޒުގެ އެތެރޭގައިވާ އެންމެހައި ތަންތަން ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ކުނިކަހާ މޮޕްކޮށް ސާފްކޮށް ބެލެހެއްޓުމާއި، ބަލިމީހުން ބޭނުންކުރާ ހަޑިވާޒާތުގެ ތަކެތި އަދި އެހެނިހެން ވޭސްޓް ޤަވާޢިދުން އޮންނަ އުޞޫލުގެ ދަށުން ނައްތާލުން.
  2.  ޞިއްޙީ މަރުކަޒުގައި ހުންނަ ފަރުނީޗަރ، މެޝިންފަދަ ތަކެތި ހަޑިވިޔަ ނުދީ ކޮންމެ ދުވަހަކު ފޮޅާ ސާފްކޮށް ބެލެހެއްޓުން.
  3.  ބަލިބީހުންނަށް ބޭނުންކުރާ ބެޑްޕެއިން ، ޔުރިނަލް ، ކިޑްނީޓްރޭ ، ކަތުރު ފޯސެޕްސް ފަދަތަކެތި ކޮންމެ ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ދޮވެސާފް ކުރުން.
  4.  ބަލިމީހުންނަށް ބޭނުންކުރާ ބެޑްޝީޓް ، ބާލީހުއުރަ ، ގައުން ، ތުވާލި ފަދަ ތަކެތި ހަޑިވުމުން ދޮވެ އިސްތިރިކުރުން.
  5.  ބޭސްއަޅާ ކޮޓަރީ އާއި އިންޖެކްޝަން ޖަހާ ކޮޓަރީގައި ބޭނުންކުރެވޭ ސްޓެރިލައިޒަރ ، ސާރޖިކަލް ޓްރޭ ، ކިޑްނީ ޓްރޭ ، ކަތުރު ، ފޯސެޕްސް ފަދަތަކެތި ދޮވެ ސާފްކުރުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
  6.  އިންޖެކްޝަންޖަހާ ކައްޓާ ބޭނުންކުރެވޭ ތިލައާއި ހުރިހައި ބާވަތެއްގެ ތޫނުތަކެތި ރައްކާތެރިކަމާއެކު އެތަކެއްޗަށް ޚާއްޞަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު އެންދުމަށް ގެންދިއުން.
  7.  ލޭބަރ ރޫމްއާއި، ވޯޑް އަދި ބަލިމީހުންބަލާ ރޫމްގައި ބޭނުންކުރެވޭ ހުރިހައި މަޢުދަނެއްގެ ތަކެތި ކޮންމެ ޝިފްޓް ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ސާފްކުރުން.
  8.  ލޭބަރ ރޫމާއި ވޯޑް، ބަލިމީހުންބަލާކޮޓަރިއާއި، އޮފީސްފާޚާނާ ކޮންމެ ޑިއުޓީއެއްގައިވެސް ހަޑިވިޔަނުދީ ސާފްކޮށްބެލެހެއްޓުން.
  9.  ޑިއުޓީގައި ތިބޭ އެޓެންޑެންޓުން ހުރިހާ ފައިވާންތައް ދޮވެ ސާފްކުރުން، ޑްރެސިންގ ރޫމާއި ވޯޑުގައި ހުންނަ ޓްރޮލީތައް ދޮވެ ސާފްކުރުން.
  10.  ކްލިނިކަލް އޭރިއާތަކާއި، ބަލިމީހުން މަޑުކުރާ ސަރަހައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.
  11.  ކޮންމެ ދުވަހަކު ހެނދުނު ހުރިހާ ބަލިމީހުންގެ އެނދުތަކުގެ ބެޑްޝީޓް ރަބަރު ބާލީހުއުރަ ބަދަލުކުރުން.
  12.  ޞިއްހީ މަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތީން ޢަމަލީގޮތުން ބައިވެރިވުން.
  13. މަރުކަޒުގައި މަސައްކަތު މީހަކު ނެތް ހާލަތްތަކުގައި މަރުކަޒުގެ ގޯތިތެރެ ކުނިކަހާސާފުކޮށް ބެލެހެއްޓުން.
  14. ޞިއްޙީމަރުކަޒާއި އޮފީހުގައި ކުރުމަށް އަންގާ މަސައްކަތްތައް ކުރުމާ އެކަންތައް ތަކުގައި ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެ/ ސަނަދެއް ހާސިލްކޮށްފައިވުން.
  3. ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވެފަދަ ސިއްޚަތެއްގައި ހުރި މީހެއްކަމުގައި ވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ވާދޫ ޞިއްހީމަރުކަޒު އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 އޭޕްރީލް 2017  އާއި 20 އޭޕްރީލް 2017   އާ ދެމެދު، މިމަރުކަޒުގެ އޮފީހު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

%25 ( ފަންސަވީސް އިންސައްތަ ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580399 ނަންބަރު ފޯނާއެވެ.

30 މާރިޗު 2017