ވަޒީފާގެ ފުރުޞަތު
ނަންބަރު: GS133/2017/I/005
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 05 އޭޕްރިލް 2017 13:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
Administrative Officer

                                 

އިޢުލާން                    

 ވަޒީފާގެ ފުރުސަތު

  

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް / ވަގުތީ (3 މަސް ދުވަހަށް)

ވަޒީފާ އޮތް އޮފީސް:

ބ.ކަމަދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެޑްމިނިސްޓްރޭޓިވް ސެކްޝަން / ބ.ކަމަދޫ ސްކޫލް

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ގަޑީގެ ފައިސާ:           

އިތުރު ގަޑިގެ ފައިސާ ހަމަޖެހިފައިވާއުސޫލުން ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  އިދާރީގޮތުން ސްކޫލުގައި ބަލަހަށްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް ބެލެހެއްޓުން.

ޝަރުޠު:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެއިން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަވިއުކުރުން:

  • މިމަގާމަށް ކުރިމަތި ލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 2017 އޭޕްރީލް 06 ވަނަދުވަހު ކަމަދޫ ސްކޫލްގެ ކޮމްޕިއުޓަރ ލެބްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނެގަޑި ފަހުން އެންގޭނެއެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ކަމަދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ގެ ވެބްސައިޓުން މިފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 ހ– މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 ށ- ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 ނ- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4– ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

 

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ބ.ކަމަދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 އޭޕްރީލް 05ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ.          

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600015 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

       

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

29 މާރިޗު 2017