ދިވެހިރާއްޖެ
c
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާSecretariat of the Magoodhoo Council, North Nilandheatholhuމަގޫދޫ، Faafu Magoodhoo, ދިވެހިރާއްޖެ. Rep. of Maldives
ނަންބަރު: 372-B2/2017/03
އިޢްލާން
1989 ވަނައަހަރުން ފެށިގެން ރަށުގެ އެކިސަރަހައްދުތަކުގައި އިންދާ ހައްދާފައިވާ ރުއްގަހުގައި ނަމްބަރު ޖެހުމާބެހޭ
ރަށުގެ އެކި ސަރަޙައްދު ތަކުގައި 1989 ވަނައަހަރުން ފެށިގެން އިންދާ ހައްދާފައިވާ ރުއްގަހުގައި ޢާއްމު ފަރާތްތަކުން ރަޖިސްޓްރީ ނަންބަރު ޖަހަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް މިކައުންސިލުން އެކި ފަހަރުމަތީން ރައްޔިތުންނަށް ޢާއްމުކޮށް އިޢްލާން ކުރެވިފައިވެއެވެ. އެގޮތުން މިކައުންސިލްގެ ނަންބަރު: 372-B-1/2016/25 ( 28 ޖޫން 2016 ) ގެ އިޢްލާން ކުރެވިފައިވެއެވެ. އަދި މިކައުންސިލްގެ ނަންބަރު: 372-C/2012/02 ( 16 ޖަނަވަރީ 2012 ) އިޢްލާނުން ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަހާ ބެހޭގޮތުން ޢަމަލުކުރަން ވީގޮތް ވަރަށް ސާފުކޮށް ދެންނެވިފައިވެއެވެ. އެހެންނަމަވެސް ރަށުގެ އެކި ހިސާބުތަކުގައި ޤަވާޢިދާ ޚިލާފަށް މި އިދާރާއަށް ނޭނގި އިންދާ ހައްދާ ރުއްގަސް ރަޖިސްޓްރީކުރަން ހުށަހެޅުމާއި، އެ ރުއްގަސް ފޯދުމުން އޭގެބޭނުން ކުރަމުން ގެންދާކަންވަނީ ފާހަގަ ކުރެވިފައެވެ.
1989 ވަނަ އަހަރުން ފެށިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން، އިންދާ ހައްދާފައިވާ ރުއްގަސް 2002 ވަނަ އަހަރު މަގޫދޫ އޮފީހުން ކުރި ނަންބަރު: L4-A/2002/02 ( 15 އޭޕްރީލް 2002 ) އިޢްލާނާއި ގުޅިގެން ކިރިޔާވެސް ނަންބަރު ޖެހޭވަރުގެ ހުރިހާ ރުއްގަހެއްގައި ރަޖިސްޓްރީ ނަންބަރު ޖަހާ ރަޖިސްޓްރީކޮށް ދެވިފައިވެއެވެ.
1989 ވަނަ އަހަރުން ފެށިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ތެރެއިން 2002 ގައި ރަޖިސްޓްރީ ކޮށްދީފައިވާ ރުއްގަހުގެ އިތުރުން އެއްވެސް ރުއްގަހެއް ރަޖިސްޓްރީ ކުރުމަށް ހުށަހެޅިނަމަވެސް ރަޖިސްޓްރީ ކޮށް ނުދޭގޮތަށް މިކައުންސިލްގެ ދެވަނަދައުރުގެ 64 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައިވާތީ އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.
15 ޖުމާދަލްއޫލާ 1438
12 ފެބްރުވަރީ 2017