ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2017/20
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 25 އޭޕްރިލް 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގުރާމް

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގުރާމް

        ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގައި ، ދިވެހި ރާއްޖެއަށް ލޭނު މަސްވެރިކަން ތައާރަފްކޮށް ، ދިވެހި މަސްވެރިންނަށްލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގުރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

        މިޕްރޮގުރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި ، އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގުރިކަލްޗަރ އިން ލޭނު އެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދެއްގައެވެ. މިތަމްރީން ޕްރޮގުރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ އަމަލީ ތަޖްރިބާ ފޯރުކޮށްދިނުމާއި ، ލޭނު އެޅުމަށް ބޭނުންކުރާ އާލާތްތަކަށް އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުމަށެވެ.

        ވީމާ، މިތަމްރީން ޕްރޮގުރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 އެޕްރީލް 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ރަސްމީ ގަޑީގައި މިއިދާރައިގެ ކައުންޓަރަށް ނަންބަރ 6521170 އަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ.   

29 މާރިޗު 2017