މަސައްކަތް
ނަންބަރު: (IUL)417-CA/417/2017/15
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 06 އޭޕްރިލް 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ހާފިޒަކު ހޯދުމާއި ބެހޭ

1438 ވަނަ އަހަރުގެ ރަމަޟާންމަހު، މިރަށު މަސްޖިދުލް ފުރުޤާނުގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒަކު މިކައުންސިލަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައިމިވާ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 06 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަގު (ކޯޓޭޝަން) މިއިދާރާގެ ޕްރޮކިއުމަންޓް މެއިލް: [email protected] އަށް ފޮނުއްވައިދެއްވުން  އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު:

ހާފިޒު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޒުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.

ހާފިޒަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްސަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.

26 މެއި 2017 ވަނަ ދުވަހުގެ ކުރިން ހާފިޒު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ.

ހާފިޒު ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ހާފިޒު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ހާފިޒު ހޯޑެއްދޫއާ ހަމައަށް ފޮނުވައި ދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.

ހާފިޒު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލުންނެވެ.

ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު 02 ދުވަހުގެ ތެރޭގައި ހާފިޒު ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހާފިޒު ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑު

  • ހުށަހަޅާ އަގު    100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ރަޖަބު 1438

29 މާރިޗު 2017