ދިވެހިރާއްޖެ
ނަންބަރު: (IUL)GS-59-AD/INDIV/2017/10
ތާރީޚް: 28 މާރޗް 2017
މަޤާމް: މަސައްކަތު
ބޭނުންވާ ޢަދަދު: 03 (ތިނެއް)
ރޭންކު: އެސް.އެސް 1
ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
މަަގާމު އޮތް އޮފީސް: ށ.ފުނަދޫ ސްކޫލް
މަސައްކަތް ކުރަންޖެހޭ ވަގުތު: 6 ގަޑިއިރު (ދުވާލަކު)
ގިންތި: ވަގުތީ
މުއްދަތު: 3 މަސްދުވަސް
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެޑްމިން ސެކްޝަން، ފުނަދޫ ސްކޫލު / ށ.ފުނަދޫ
އިތުރުގަޑީ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.
ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލު ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ހަފްތާގެ މަސައްކަތު ކޮންމެ ދުވަހަކު ކުނިކަހާ، ވިނަނޮޅާ ސާފުކުރުން. އަދި މިސަރަހައްދުގައިވާ ޕާކުތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
- މެންދުރުފަހު ދަންފަޅި ނިމުމުން ކޮންމެ ދުވަހަކު ދަރިވަރުންގެ ފާހާނާތައް ވަސްނުހުންނާނެހެން ސާފުކުރުން. އަދި ރަސްމީ ސެޝަންތެރޭގައި ދޭތެރެދޭތެރެއިން ފާހާނާގެ ސާފުތާހިރުކަންބަލާ ރަނގަޅުކުރުން.
- ހަވާލުކުރެވޭ ކުލާސްރޫމުތަކެއް ކުނިކަހާ ހިރަފުސްފޮޅާ ތަރުތީބުކުރުން. އަދި ހަވާލުކުރެވިފައިވާ ކުލާސްރޫމުތަކުގެ ދޮރާއި ދޮރުފަތްތައް ކޮންމެ ހަފްތާއަކު އެއްފަހަރު ސާފުކުރުން. އަދި ފެންލައިޓްތަކާއި ފަންކާތައް މަހަކު އެއްފަހަރު ސާފުކުރުން.
- ސްކޫލުގައި ބޭއްވޭ ބައްދަލުވުންތަކަށް ކަނޑައެޅޭ ވަގުތެއްގައި ގޮނޑިޖެހުމާއި ކަނޑައެޅޭ އުޞޫލެއްގެ މަތިން ކުލާސްރޫމުތައް ރޭވުން. އަދި ޚާއްޞަ މުނާސަބަތުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެރިން އަންގަވާ ގޮތެއްގެމަތިން ކުރުން.
- ޕްރިންސިޕަލް ހުންނަވާގޭގެ މަސައްކަތްތައް ކުރުން
- އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
އިންޓަރވިއު ކުރުން:
ހ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަރވިއުކުރުން އޮންނާނީ ފުނަދޫ ސްކޫލުގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ 2017 އޭޕްރީލް 06 ވަނަދުވަހުއެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއު ކުރިއަށްގެންދިއުމަށްހަމަޖެހިފައިވާ ގަޑި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ.
ނ. ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- ފުރިހަމކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނިތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 25% (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު ފުނަދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2017 އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ފުނަދޫ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
ނޯޓް: މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 6540540 ފޯނަށް ގުޅުއްވުން އެދެމެވެ.
ނޯޓް: މި އިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ.
29 ޖުމާދަލްއާޚިރާ 1438
28 މާރޗް 2017