މަސައްކަތް
ނަންބަރު: (ILU)GS08/2017/12
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 06 އޭޕްރިލް 2017 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ވަށާފާރު މަރާމާތުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

މިމަރުކަޒުގެ ވަށާފާރު މަރާމާތުކުރުން

 މިމަރުކަޒުގެ ވަށާފާރުގެ ތެރެއިން ހުޅަނގު ފާރު ފިޔަވާ ދެންހުރި 3 ފާރު ކަނޑައިގެންގޮސް މަގުމައްޗަށް އަރިއަޅާލާފައިވާތީ، މި 3 ފާރު ނަގައި އަލުން ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 އޭޕްރިލް 06 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރިލް 11 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.

މިކަމާގުޅިގެން ކުރިން ކުރެވުނު އިޢުލާނަށް (ނަންބަރ: (IUL)GS08/2017/11 އަށް ހުށަހަޅާފައިވާ ބިޑްތަށް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

28 މާރިޗު 2017