ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2017/4
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 06 އޭޕްރިލް 2017 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ޕްލޭނިންގ އޮފިސަރ

         (IUL)221-AF/221/2017/4   :ނަމްބަރު                                            

ވަޒީފާގެ ފުރުޞަތު

 މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމް: ސީނިއަރ ޕްލޭނިންގ އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: MS3

އަސާސީ މުސާރަ:  -/7,035 ރ.

ސަރވިސް އެލަވަންސް: -/2,000 ރ.

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ ޝަރުތުތައް:

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، މަޤާމާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

  • ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭން އާއި ފައިނޭންޝަލް ޕްލޭން ހެދުމުގައި ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާއި ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތައް ރިވިޔުކޮށް ގެންނަން ޖެހޭ އިސްލާހުތައް ފާހަކުރުން.
  • ކައުންސިލުތަކުގެ އަހަރީ ޕްލޭނާއި ބަޖެޓް ހެދުމުގައި ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުން.
  • އެލް.ޖީ.އޭ އިން ހިންގުމަށް ރާވާ އެކިއެކި މަޝްރޫޢުތަކާއި ޕްލޭންތައް ރޭވުމާއި، އެކަމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުން.
  • ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރޭވޭ މަޝްރޫޢުތަކަށް ބޭރުގެ ފަރާތްތަކުން އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ލާމަރުކަޒީ ނިޒާމް ހިންގުމާއި އެނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ އޮނިގަނޑުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުން.
  • އެލް.ޖީ.އޭގެ ވާރކްޕްލޭން ތައްޔާރުކުމާއި އެލް.ޖީ.އޭގެ ވާރކް ޕްލޭންގައި ހިމަނާފައިވާ ޕްރޮގްރާމްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުން .
  • ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅުން ބަދަހިކޮށް ދެމެހެއްޓުމުގެ ގޮތުން ކުރާ އެންމެހާ މުއާމަލާތްތައް ވިލަރެސްކޮށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

އުޖޫރަޔާއި ޢިނާޔަތްތައް:

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު  -/4,000 (ހަތަރުހާސް) ރުފިޔާ ދެވޭނެއެވެ. 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  •  ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

 

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2017 އޭޕްރިލް 6 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލާ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: , 3013121 / 3006724 އިން ސާފުވާނެއެވެ.

 

26 މާރިޗު 2017

 

 

26 މާރިޗު 2017