ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 މާރިޗު 2017 09:05 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު:(IUL)243-SO1/INDIV/2017/14
އިޢުލާން
ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން:
ފުވައްމުލަކު ބަނދަރު ސަރަޙައްދުން 1000 އަކަފޫޓުގެ 6 ބިމާއި 2000 އަކަފޫޓުގެ 2 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ބިން ކުއްޔަށް ދޫކުރުމުގައި ބިމުގައި ކުރަން ޤަޞްދުކުރާ މަސައްކަތެއްގެ ބާވަތަށާއި، ފުވައްމުލަކު ރައްޔިތުންނަށް ހުޅުވާލާ ވަޒީފާގެ ފުރުޞަތަށާއި، އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 4 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް ބިމުގައި ކުރާނެ މަސައްކަތެއް އެގޭގޮތަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.