މަސައްކަތް
ނަންބަރު: AS-B/IU/2017/22
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 02 އޭޕްރިލް 2017 11:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ:   AS-B/IU/2017/22

 

އިޢުލާން

 

ކުލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

           މި ސްކޫލުގެ ނަންބަރ AS-B/IU/2017/21  (16 މާރިޗު 2017)  ޑަބްލިޔު ބުލޮކް ކްލާސްރޫމް ތަކުގައި ސްޕިކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ތިންފަރާތުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލު ކުރަމެވެ.

             ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2 އެޕްރީލް 2017 (އާދީއްތަ)  ދުވަހުގެ 11:00 އަށް

5 އެޕްރީލް 2017 (ބުދަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ.

28 ޖުމާދިލްއާޚިރާ  1438

27 މާރިޗު   2017

 

                                                               

 

 

27 މާރިޗު 2017