ދިވެހިރާއްޖެ
- މަޤާމް: މެއިންޓަނަންސް އޮފިސަރ
- ބޭނުންވާ އަދަދު: 01
- މުސާރަ : -/5,610 ރުފިޔާ
- ސަރވިސް އެލަވަންސް: -/2,000 ރުފިޔާ
- ނޮންޕްރެކްޓިސް އެލަވަންސް : މުސާރައިގެ %35
- ރިސްކް އެލަވަންސް: މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
- އިތުރުގަޑީގެ ފައިސާ : ހަމަޖެހިފައިވާ އުޞޫލްގެ މަތިން
- އެހެނިހެން އިނާޔަތްތައް: ހަމަޖެހިފައިވާ އުޞޫލުގެ މަތިން
- ވަޒީފާއޮތް އޮފީސް: ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- ގިންތި: ކޮންޓްރެކްޓް ( 2 އަހަރު)
- ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް :
- ތަޢުލީމީ ފަންޑުގެ އިމާރާތްތަކާއި ތަކެތީގެ މެއިންޓަނަންސް މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން
- ތަޢުލީމީ ފަންޑުގެ އިދާރާއިން އައުޓްސޯސް ކުރެވިގެން ކުރުވޭ ކޮންޓްރެކްޓް މަސައްކަތްތައް (ފޮޅާ ސާފުކުރުމާއި، މެއިންޓެނަންސް ބެލެހެއްޓުން އަދި ސެކިއުރިޓީ ބެލެހެއްޓުން ފަދަ) ދުވަހުންދުވަހަށް ހިނގަމުންދާގޮތް މޮނިޓަރ ކުރުމާއި ސްޕަވައިޒްކޮށް ބެލެހެއްޓުން
- ތައުލީމީ ފަންޑުގެ އިމާރާތްތަކުގެ ސާވޭލަންސް ކެމެރާ މޮނިޓަރިންގ ސިސްޓަމް މޮނިޓަރކޮށް ބެލެހެއްޓުން
- ތައުލީމީ ފަންޑުގެ އިމާރާތްތަކުގެ ލިފްޓްތަކާއި، އެއަރކަންޑިޝަންތަކާއި، ފެންޕަންޕް ފަދަ މެޝިނަރީތަކަށް ޖެހޭ މައްސަލަތައް ދުވަހުންދުވަހަށް ބަލައިގަތުމާއި މެއިންޓެނަންސް ބެލެހެއްޓުމުގެ ކޮންޓްރެކްޓަރ ލައްވައި މައްސަލަތައް ހައްލުކުރުވުން
- ތައުލީމީ ފަންޑުން އައުޓްސޯސް ކުރެވޭ މަސައްކަތްތަކުގެ ކޮންޓްރެކްޓަރުންނަށް މަހަކު އެއްފަހަރު ދޫކުރަންޖެހޭ ސާރވިސް ސެޓްފިކެޓާބެހޭ ރެކޯޑް ބެލެހެއްޓުމާއި ސެޓްފިކެޓް ވެރިފައި ކުރުން
- ތަޢުލީމީ ފަންޑުން ކުރުވާ މަސައްކަތްތަކާއި، ފަންޑުގެ އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އެގްރިމަންޓްތައް ތައްޔާރުކޮށް ބެލެހެއްޓުން
- ތަޢުލީމީ ފަންޑުގެ އިދާރާއިން ކުއްޔަށް ދޫކުރުމުގެ އެގްރިމަންޓް އަދި މަސައްކަތްތަކުގެ އެގްރިމަންޓްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އިޢުލާންކުރުމަށް ޕްރޮކިއުމަންޓަށް ހުށަހެޅުން
- ތައުލީމީ ފަންޑުގެ އިމާރާތްތައް މަދުވެގެން ކޮންމެ 3 މަހަކުން 1 ފަހަރު އެއްފަހަރު ޗެކްކޮށް ބަލައި މެއިންޓަނަންސް ރިޕޯޓް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން.
- ތަޢުލީމީ ފަންޑުގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތްތަކުގެ އިންޝުއަރެންސް އާބެހޭ ރެކޯޑްތައް ބެލެހެއްޓުމާއި، އިންޝުއަރެންސް ކުރުމާގުޅޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- ތަޢުލީމީ ފަންޑުގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތްތަކުގެ ފަޔަރ އިކްވިމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ސާރވިސް ކޮންޓްރެކްޓަރ ގެ މަސައްކަތްތައް ވިލރެސްކޮށް ބެލެހެއްޓުން.
- ތައުލީމީ ފަންޑުގެ އިމާރާތްތަކުގެ ކަރަންޓާއި ފެން މީޓަރު ތަކުގެ ބިލިންގ އެޑްރެސް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން
- ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި ބޭނުންވާ މަޢުލޫމާތު ދިނުން.
- މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.
ޝަރުތު :
- އެމް.ކިޔޫ.އޭ ގެ ލެވެލް 5 ނުވަތަ 6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- އެމް.ކިޔޫ.އޭ ގެ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެ.
- އިމާރާތައް މެއިންޓެނަންސް ކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ.
އިންޓަރވިއު ކުރުން :
- މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 11 އޭޕްރިލް 2017 – 12 އޭޕްރިލް 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ :
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީއެއް ( އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ )
ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި އާއި އޮފީސް :
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު ގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 09 އޭޕްރިލް 2017 ވަނަ ދުވަހުގެ 13:30
ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ނަންބަރު 3341227 ފޯނަށް ގުޅުއްވުން އެދެމެވެ.