ޢާންމު މަޢުލޫމާތު
ނަންބަރު: 216-MPAO/I/2017/13
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 05 އޭޕްރިލް 2017 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، ކޮންޕްލައެންސް

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:         އެސިސްޓެންޓް މެނޭޖަރ، ކޮންޕްލައެންސް

ބޭނުންވާ ޢަދަދު:   1

މުސާރަ:        14،000.00ރ

އެލަވަންސް:      ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3،500.00ރ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން  އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

  1. އެކައުންޓިން/ފައިނޭންސް/ އޮޑިޓިން/މެނޭޖްމަންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފިޝަނަލް ސަނަދެއް ހާސިލްކޮށްފައިވުން.

 

  1. މަސައްކަތްތަކާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އެޕްރީލް ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޢުމަރު ޝޮޕިންގ އާކޭޑް (09 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]

 

27 މާރިޗު 2017

27 މާރިޗު 2017