ދިވެހިރާއްޖެ
ގއ.މަޓުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޭންގު ހެޗަރީގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރުގެ ރިޕޯރޓް (އީ.އައި.އޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
27 މާރިޗު 2017