މަސައްކަތް
ނަންބަރު: GS-125/IUL/2017/08
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 29 މާރިޗު 2017 11:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ނިކަގަހުގެ އަފިތައް ކަނޑާ އުކާލުމާއި ގުޅޭ

 

 

    ރ. އަނގޮޅިތީމު ސްކޫލު                      

    ރ. އަނގޮޅިތީމު                         ނަމްބަރ: 08GS-125/IUL/2017/                 

     ދިވެހިރާއްޖެ

އިޢުލާން

 

 

ސްކޫލުގެ ނިކަ ގަހުގެ ބައެއް އަފިތައް ކޮށާ އުކާލުމާއި ގުޅޭ

 

               މި ސުކޫލުގެ އުތުރު ފަރާތު ގޭޓާއި އަދި ވޯރކްވޭ އާއި އޮފީހުގެ ފުރާޅު މައްޗާއި، މަގަށް އުދަގޫވާ ގޮތަށްހުރި ނިކައަފިތަކާއި، ޕްރީސުކޫލު ކުޅޭގެއާއި، ސަރަހައްދަށް އުދަގޫވެ ނުރައްކާ ވާގޮތަށް ހުރި ނިކައަފިތައް ސުކޫލުން ދައްކާ މިނަކަށް ކަނޑާ އުކާލަދޭނެ އަގުގެ ކޮޓޭޝަން ހޯދަން ބޭނުންވެއްޖެއެވެ

.

               ވީމާ މަގުމަތީ ހޮޅި ދަނޑި ތަކާއި، ސަރަހައްދު ފާރާއި،އިމާރާތްތަކަށް ގެއްލުން ނުކޮށް ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރޗް 29 ވާ ބުދަ ދުވަހު 11:00 އަށް ސުކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އެޕްރީލް 6 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމަސައްކަތް ކޮށްދެވިދާނެ އަންދާސީ އަގުގެ ކޮޓޭޝަން ހުށައެޅުއްވުމަށް ދަންނަވަމެވެ.

 

                ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސެއްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

މިމަސެއްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ގާނޫނު (2014/18)ގެ ދަށުން ރަޖިސްޓުރީވެފައިވާ ކުނަފުނިތަކަށާއި ފަރުދުންގެ ވިޔަފާރި ގަނޫނު (2014/19)  ގެ ދަށުން ރަޖިސްޓުރީވެފައިވާ ފަރާތްތަކަށެވެ.

           ވީމާ މިކަން އާންމުކޮށް އިޢްލަންކުރީމެވެ.

 

28 ޖުމާދުލްޢާހިރް 1438

27 މާރޗް 2017    

 

 

                                                           ޑޭވިޑް ޕީ.ސީ 

                                                           ޕްރިންސިޕަލް

27 މާރިޗު 2017