މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/106
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 30 މާރިޗު 2017 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުވެއްޖެ

އިޢުލާން

 

ސްކޫލް އިމްޕްރޫވްމަންޓް ކޮލިޓީ އެޝުއަރެންސް އެންޑް އެކައުންޓަބިލިޓީ ފްރޭމް ވާރކަށް ޕޮލިސީއެއް އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2017/103) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 މާރިޗު 30 ވަނަ ދުވަހުގެ 14:00 ށް

2017 އޭޕްރީލް 02 ވަނަ ދުވަހުގެ 14:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

27 މާރިޗު 2017