ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AC-2017/120
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 01 އޭޕްރިލް 2017 15:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ހޯދުމާ ގުޅޭ

ނަންބަރު:A)AC-2017/120)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ހޯދުމާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަން ކޮމިޝަނުން އަތޮޅުތެރެއާއި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް ޓްރެއިނަރުންގެ ގޮތުގައި އިތުރު ބެޗެއް ތަމްރީނު ކުރުމަށް ބޭނުންވެއެވެ. މިގޮތުން ޓްރެއިނަރުންގެ ގޮތުގައި ކުރިމަތިލައި، ހޮވޭ ފަރާތްތަކަށް 2017 އެޕްރީލް 08 އިން 14 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް (ޓީ.އޯ.ޓީ ޕްރޮގުރާމެއް) ހިންގޭނެއެވެ. އަދި 2017 އެޕްރީލް 22 އިން 2017 މެއި 02 ގެ ނިލަޔަށް މިޓްރެއިނަރުން މާލެއާއި އަތޮޅުތަކުގައި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާނެއެވެ. މި ތަމްރީނު ޕްރޮގުރާމްތަކަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ކުރާނީ އިލެކްޝަންސް ކޮމިޝަނުންއެވެ.

  • ޓްރެއިނަރުން ބޭނުންވާ އަދަދު: 40 (ސާޅީސް)

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފާރަތްތަކަށް ފުރުޞަތު ދިނުމުގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވެނޭއެވެ.

މި ޓްރެއިނިންގ ފުރިހަމަ ކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރުކުރެވި، އަތޮޅުތެރޭގައި އާއި މާލޭގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 (ހަތް ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. އަދި މާލޭގައި ހިންގާ ޓްރެއިނިންގ (ޓީ.އޯ.ޓީ ޕްރޮގުރާމް) ފުރިހަމަކުރުމުން -/1800 (އެއްހާސް އަށް ސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މި އެލަވަންސް ދެވޭނީ ޓީ.އޯ.ޓީ ފުރިހަމަކުރުމަށްފަހު އޮފިޝަލުންގެ ތަމްރީނު ނިމުމުން އުޖޫރައާއެކުއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއާއެކު އެފަރާތުގެ ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސަނަދުތަކުގެ ކޮޕީ، އަދި ތަޖުރިބާ ސާބިތުކޮށްދިނުމަށް ބޭނުންވާ ލިޔުންތަކާއެކު، 01 އެޕްރީލް 2017 ގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ކޮމިޝަނަށް ފޮނުވާ ސިޓީއާއި ލިޔުންތަށް ފޮނުވާނީ [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނުގެ ބޭފުޅުންނާއި ވޭތުވެދިޔަ އިންތިޚާބުތަކުގައި އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:-

-    އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނު ކުރެވޭނެ ފެންވަރުހުރުމާއެކު މަސައްކަތާގުޅޭ ދާއިރާއިން ސެޓުފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން، ނުވަތަ

-    ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން، ނުވަތަ

-    ވޭތުވެ ދިޔަ އިންތިޚާބުތަކުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

27 ޖުމާދަލްއާޚިރާ  1438   

26 މާރިޗު 2017