މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/43
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 30 މާރިޗު 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އަދި ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސައްކަތްތައް މެނޭޖްކުރުމަށް ހަދާ ޑޭޓާބޭސް އަދި ވެބްސައިޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ

 

އިޢުލާން

           މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އަދި ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސައްކަތްތައް މެނޭޖްކުރުމަށް ހަދާ ޑޭޓާބޭސް އަދި ވެބްސައިޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 މާރޗް 2017 ވާ ބުރާސްފަތި ދުވަހު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 އެޕްރީލް ވާ އަންގާރަ ދުވަހު 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

27 ޖުމާދަލްއާޚިރާ 1438

26 މާރިޗު 2017