މަސައްކަތް
ނަންބަރު: (IUL)376/376/2017/8
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 03 އޭޕްރިލް 2017 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާޒީ ހިސާބް ބޭނުންވެއްޖެ

 

 

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

            ދ. ބަނޑިދޫ

              ދިވެހިރާއްޖެ

 

 

(IUL)376/376/2017/8ނަމްބަރު:

އިޢުލާނު

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

    މި އިދާރާގެ ނަމްބަރ 02/2017/376/376 (IUL) ގެ އިޢުލާނު އާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މިދަންނަވާ ތަން ތާންގައި މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ އެވެ.

ދ. ބަނޑިދޫ މަޝްޖިދުއްރަޙުމަތު ހިމެނޭ ޢިމާރާތު ގޯތި ތެރޭގައި ބަހައްޓާފައި ހުރި ވާރޭފެން ރައްކާކުރާ 10 ކަޅުހަން ބަހައްޓާފައިވާ ބުޑުތަކާއި ހަންތަކުގެ ވައިރިންގ މަރާމާތު ކުރުމާއި ހަންތައް ހިޔާކުރުމުގެ މަސައްކަތް ކުރުމާއި އަދި ފުޓްބޯޅަ ދަނޑު ސަރަޙައްދުގައި 5000 ލިޓަރ ގެ 08 ކަޅުހަން ބެހެއްޓުން.

 މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައި ގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕް މަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެެކަންޏެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓް ކޮޕީއެއް ގެންނަވަން ވާނެ އެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެ އެވެ. މީގެ އިތުރުން ކުންފުނި/ވިޔަފާރި/ އިންވެސްޓްމަންޓު ރަޖިސްޓްރޭޝަނުގެ ސެޓްފިކެޓާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެ އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއަކުން ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔުއްފައި އޮންނަން ވާނެ އެވެ.

ވީމާ މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 03 އެޕްރީލް 2017 ވާ ހޯމަ ދުވަހު ހެނދުނު 11.00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 12 އެޕްރީލް  2017 ވާ ބުދަ ދުވަހު ހެނދުނު 11.00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކާއި ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ

ބިޑް އިވެލުއޭޓް ކުުރުމުގައި މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

 

 

އަގު

 

 

75%

ހުޅަހަޅާ އަގަށްދެވޭ މާކްސް

މާކްސް  ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެންކުރައިޓީ ރިއާއަށް އެ ލޮކޭޓްކޮށްފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގަކަށް

 

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

 

 

ތަޖްރިބާ

 

 

15%

ތަޖުރިބާއަށް ދެވޭ މާކްސް

މާކްސް  ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން %އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބެނީ އެންމެ ދިގު މުއްދަތަށް

 

 

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

 

 

މުއްދަތު

 

 

10%

މަސައްކަތް ނިންމުމަށް ބޭނުންކުރާ މުއްދަތު

މާކްސް  ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތުގެ ތެރެއިން އެންމެ ކުރުމުއްދަތެއް ހުށަހަޅާ ފަރާތުގެ މުއްދަތަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ% އެއް މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަށް

 

 

 

[Type a quote from the document or the summary of an interesting point. You can position the text box anywhere in the document. Use the Drawing Tools tab to change the formatting of the pull quote text box.]

ބެންޗް މާކް

01- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ފަރާތުން އެކުލަވާލެވޭ ބިޑް އިވެލުއޭޝަން ކޮމިޓީ އަކުންނެވެ.

02- ބިޑް އިވެލުއޭޝަން ކޮމިޓީން ނިންމުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މި މަސައްކަތް ޙަވާލު ކުރެވޭނެ އެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެނގޭނެއެވެ.

03– ބިޑް އިވެލުއޭޝަނަށްފަހު އެއްވެސް ޝަކުވާއެއް އޮތް ނަމަ ސިޓީއަކުން މި އިދާރާއަށް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

 އަންދާސީ ހިސާބު ހުޅުވުން

                         އަންދާސީ ހިސާބު ހުޅުވާނީ 12 އެޕްރީލް 2017 ވަނަ ދުވަހުގެ ހެނދުނު 11.00 ގައި މި އިދާރާއަށް ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކާއި އެއް ޙާޟިރީ އެއްގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުން ތަކުގެ ތަފްޞީލް ތައް އިވެލުއޭޝަން ފޯމުގައި ފުރިހަމަ ކުރެއްވުމަށްފަހު ސޮއި ކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑް އިވެލުއޭޓް ކުރުމަށްޓަކައި ދ. ބަނޑިދޫ ކައުންސިލްގެ އިދާރާއިން އެކުލަވާލާފައިވާ ބިޑްއިވެލުއޭޝަން ކޮމިޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމިޓީން ބިޑް އިވެލުއޭޓް ކުރުމަށްފަހު އެކަން ކައުންސިލް އިދާރާއަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ކައުންސިލް އިދާރާގެ ލިޔުމަކުން އަންގާނެއެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމެންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.                            

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

26  މާރޗް 2017މ.

 

 

 

 

26 މާރިޗު 2017