ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ސްކޫލު
ރ. އަނގޮޅިތީމު ނަމްބަރ:10GS-125/IUL/2017/
ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު
ކައުންސިލަރ (ކޮންޓްރެކްޓު)
މި ސްކޫލްގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު |
ކައުންސިލަރ (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު |
01 ( އެކެއް ) |
ވަޒީފާ އޮތް އޮފީސް |
ރ.އަނގޮޅިތީމް ސްކޫލް |
މަޤާމުގެ ގިންތި |
ކޮންޓްރެކްޓް |
ވަޒީދާކުރާ ޝެކްސަން |
އިދާރީ ޝެކްޝަން |
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
އަނގޮޅިތީމް ސްކޫލް / ރ. އަނގޮޅިތީމް |
ކޮންޓްރެކްޓުގެ މުއްދަތު: |
1 އަހަރު |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1- އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުންގެ އެންމެހައި މައްސަލަތައް ޒިންމާދާރުކަމާއެކު ބެލުމާއި، އެ ދަރިވަރުންނަށް ކައުންސެލިންގ ދޭންޖެހިއްޖެ ހާލަތެއްގައި ކައުންސެލިންގްދީ، އަމާނާތްތެރިކަމާއެކު ރިކޯޑްތައް ބެލެހެއްޓުން. 2- ކައުންސެލިންގދޭ ދަރިވަރުންނާ މުޚާޠަބުކުރާއިރު އޯގާތެރިކަމާއެކު މުޚާޠަބުކުރުމާއި، އެ ކުދިންގެ މައްސަލަތައް ދެނެގަތުން. 3- އަޚުލާޤީ މައްސަލަތައް ހުންނަ ދަރިވަރުންނަށް ކައުންސެލިންގ ދިނުމުގައި ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކާ މަޝްވަރާކުރުން. 4- ކައުންސެލިންގ ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް، ދަރިވަރާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށްވެސް ކައުންސެލިންގ ދޭންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން. 5- ހަފުތާގެ މައްސަލަތައް ޕްރިންސިޕަލާ ހިއްސާކުރުން. 6- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 7- ވަޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން. 8- މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން. |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާގޮތަށް ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ. |
މަޤާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ކައުންސިލަރ |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
އެމް. އެސް.1 |
. 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
5610.00 |
2000.00 |
ކައުންސިލަރ |
އޮފިސަރ ގްރޭޑް:2 |
ޖީ،އެސް: 4 |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 5- ކައުންސިލިންގ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން. ނުވަތަ؛ 6- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 7- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 4 ގެ ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 8- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެއްފެންވަރެއްގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ ފަރާތެއްކަމުގައިވުން. |
5020.00
5020.00 |
1500.00
1500.00 |
ކައުންސިލަރ |
އޮފިސަރ ގްރޭޑް:1 |
ޖީ،އެސް: 3 |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގުރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
4000.00 |
1500.00 |
ކައުންސިލަރ |
އެސިސްޓެންޓް އޮފިސަރ ގްރޭޑް:2 |
ޖީ،އެސް: 2 |
1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
3565.00 |
1500.00 |
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް: |
- މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ކައުންސިލިންގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ، މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތަކަށެވެ. އަދި ކައުންސިލިންގ ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި މީހުންނަށެވެ. - ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް. |
އިންޓަވިއު އޮންނާނެ ތަން: |
މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 2 ދުވަހާއި 10 ދުވަހުގެ ތެރޭގައެވެ. އިންޓަވިއު އޮންނާނެ، ތާރީޚާއި ތަނާއި ވަގުތު ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކަށް މިސްކޫލުން އަންގާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2017 މާރޗް 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ރ. އަނގޮޅިތީމް ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް، އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިސްކޫލް އޮފީހުން ލިބޭން ހުންނާނެއެވެ. ސިވިލް ސަރވިސް ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. |
ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން: |
ވަޒީފާ އަށް ހުށައަޅާ ލިޔެކިޔުންތައް ހުށައަޅަންވާނީ އެޓެސްޓުކޮށްފައެވެ. ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަން ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް.(މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ) 3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން) 5- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ. 6- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ. 7- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް. ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާންގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރ. އަނގޮޅިތީމް ސްކޫލުގެ 6580408 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ. |
27 ޖުމާދިލްއާޙިރު 1438
26 މާރޗް 2017
ޑޭވިޑް ޕީ.ސީ (ޕްރިންސިޕަލް)