ޢާންމު މަޢުލޫމާތު
ނަންބަރު: GS209/IUL/2017/08
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 30 މާރިޗު 2017 13:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް

 

ފިޔޯރީ ސްކޫލް

ގދ.ފިޔޯރީ، ދިވެހިރާއްޖެ

 

އިޢުލާން
                                                                                                            ނަންބަރ:GS209/IUL/2017/08

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް
 
   މަޤާމް: ޕްރީސްކޫލް ޓީޗަރ 
   ބޭނުންވާ އަދަދު: 01
   ވަޒީފާއޮތް އޮފީސް: ފިޔޯރީ ސްކޫލް
   ގިންތި:  ކޮންޓްރެކްޓް (1 އަހަރު)
   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :  އެކަޑަމިކް ސެކްޝަން/ ފިޔޯރީ ސްކޫލް
 
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާއި އެއްގޮތަށް ފަރުވާތެރިކަމާއި އެކު ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުން
2. ކިޔަވައިދެއްވުމަން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، އެތަކެތި އުގަންނައިދީ އެކުދިންނަށް ހާސިލްވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
3. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް " ސްކީމް އޮފް ވާރކް " ތައްޔާރުކޮށް ނިންމެވުން.
4. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކާއި ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން.                           
5. ސްކޫލުން ބާއްވާ ސްޓާފު މީޓިންގ ، ޝެޝަން މީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އަދި އެނޫނަސް ޓީޗަރެއްގެ ހައިސިއްޔަތުން ބައިވެރިވެލެއްވުމަށް އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއިއެކު ބައިވެރިވެވަޑައިގަތުން.
6. ދަރިވަރުންގެ ފޮތްތަކާއި ކިޔަވައިދިނުމާއިގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރައްވައި އަދި ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތިވެސް ސާފުތާހިރުކޮށް، އިސްރާފް ކުޑަކޮށް ބޭނުންކުރެވޭނެ ގޮތްތަށް ދަސްކޮށްދީ އެކަންކަމަށް ބާރުއެޅުން.
7. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން.
8. ކުލާސްތެރޭގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލުން ބޭރުގައި ކުދިންގެ އަހުލާޤަށް ސަމާލުކަން ދެއްވުމާއި ކުލާސްތެރޭގައި ރީތި އަޙްލާގެއްގެ މަށްޗަށް ދަރިވަރުން ތަރުބިއްޔަތުކުރެއްވުން.
9. ކިޔަވައިދެއްވާ ކުލާހުގެ ދަރިވަރުންގެ އުނގެނުމާއި އަޙްލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.
10. ދިވެހި ސިވިލް ސަރވިސްގެ ޤަވައިދުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި ސްކޫލުގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުން.
11. މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން މަރުކަޒުން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.


މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

 

ރޭންކް

 

ކްލެސިފިކޭޝަން

 

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

ޕްރީ ސްކޫލް ޓީޗަރ

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން

ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2

މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު،

ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'

މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަހަކު

-/3565

ރުފިޔާ

މަހަކު

-/1500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު

ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4000

ރުފިޔާ

މަހަކު

-/1500

ރުފިޔާ

 

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ     3

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ

ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު

ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/4465

ރުފިޔާ

މަހަކު

-/1500

ރުފިޔާ

GS4

ޕްރީ ސްކޫލް

ޓީޗަރ    4

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ

އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން

ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދިނުމުގެ  ރޮނގުން  ސެޓުފިކެޓު

ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު

-/5020

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS1

ޕްރީ ސްކޫލް

ޓީޗަރ 5

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން.

މަހަކު

5610/-

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS2

ޕްރީ ސްކޫލް

ޓީޗަރ 6

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ

ހާސިލުކޮށްފައިވުން.

މަހަކު

-/6295

ރުފިޔާ

މަހަކު

-/2500

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS3

ޕްރީ ސްކޫލް

ޓީޗަރ 7

- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް

ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން

އެޑްވާންސްޑް ސެޓުފިކެޓެއް ނުވަތަ ޑިޕްލޮމާ

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު

7035/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

MS4

ޕްރީ ސްކޫލް

ޓީޗަރ 8

- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް

ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް

ހާސިލުކޮށްފައިވުން. ނުވަތަ؛

- ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު

ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު

އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު

7875/-

ރުފިޔާ

މަހަކު

2500/-

ރުފިޔާ


އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

• ކިޔަވައި ދިނުމުގެ ދާއިރާކަމަށް ބެލެވޭނީ ޕްރީސްކޫލް ޓީޗިން ހަދާފައިވާ ފަރާތްތަކެވެ.
• މަތީގައިވާ ޝަރުތުތައް ހަމަވާ ޓީޗަރުން ނުލިބިއްޖެނަމަ އިދާރީ މަޤާމުތަކުގެ އޮނިގަނޑުގެ ވަޒިފާއަށް މީހުން އައްޔަންކުރުމުގައި، ޖީ.އެސް 3 ނުވަތަ ޖީ.އެސް 4 ޝަރުތުހަމަވާ ފަރާތްތައް ގުނޭނެއެވެ.
 
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 
• ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
• މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
• މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
• ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

އިންޓަރވިއު ކުރުން
ހ. ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނެ ތާރީޚެއް ލިޔުމުން އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، ގދ.ފިޔޯރީ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ:
ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ
ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.
7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ފިޔޯރީ ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 30 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.

ނޯޓް:  
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

އިތުރު މަޢުލޫމާތު
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުންފިޔޯރީ ސްކޫލްގެ  ނަންބަރު 7983086 ފޯނަށް  ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
 
                                27 ޖުމާދަލްއާޚިރާ 1438
                                 26 މާރިޗް 2017

26 މާރިޗު 2017