ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: އޮއިލަރ
ބޭނުންވާ ޢަދަދު: 01
ޝަރުތުތައް: އިންޖީން ރޭޓިން ސެޓިފިކެޓް އޮތުން އަދި 05 އަހަރުގެ ތަޖުރިބާ ހުރުން
މުސާރަ: 10،00.00 ރ އާއި 12،000.00 ރ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: ލޮޖިސްޓިކް ޑިޕާޓްމަންޓް / ބޯޓު ފަހަރު
މަޤާމް: ކައްކާ
ބޭނުންވާ ޢަދަދު: 01
ޝަރުތުތައް: ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން އަދި ކެއްކުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
މުސާރަ: 9،000.00 ރ އާއި 11،000.00 ރ ދެމެދު
ވަޒީފާގެ ބާވަތް: ދާއިމީ
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: އިންޖީނިއަރިން ޑިޕާޓްމަންޓް / ތިލަފުށި ބޯޓު ޔާރޑް
ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން 29 މާރިޗް 2017 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، އެސް ޓީ އޯ އައިފާން ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައިވާ މި ކުންފުނީގެ ހެޑް އޮފީހަށް ހުޅަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331445 ނަންބަރަށް ގުޅުއްވުން އެދެމެވެ.