މަސައްކަތް
ނަންބަރު: (IUL)22-PU/1/2017/105
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 19:20
ސުންގަޑި: 27 މާރިޗު 2017 10:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެއަރކޯން މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުނަށް ބޭނުންވެއްޖެ

އިޢުލާން

 

ވެލާނާގެ 8 ވަނަ ފަންގިފިލާއާއި 9 ވަނަ ފަންގިފިލާ އަދި އުފާ އޮފީހާއި ފޮތް ގުދަނުގެ އެއަރކޯން މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2017/99) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 މާރިޗު 27 ވަނަ ދުވަހުގެ 10:00 ށް

2017 މާރިޗު 30 ވަނަ ދުވަހުގެ 14:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

23 މާރިޗު 2017