ދިވެހިރާއްޖެ
އިޢުލާން
ސްޓެޕް އެޕްރެންޓިސް ޝިޕް ޕްރޮގްރާމަށް ބައިވެރިން ހޯދުން
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ޓޫރިޒަމް ދާއިރާއިން ކުރިއަށްގެންދިއުމަށް
ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގޭ ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ބައިވެރިން ނެގުމަށް ހަމަޖެހިފައެވެ.
ޝަރުތު: ގްރޭޑް 7 ފުރިހަމަކޮށްފައިވުމާއިއެކު އިނގިރޭސި ބަހުން މުޢާމަލާތްކުރަން އެނގުން
މުއްދަތު: 1 އަހަރު
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް 14 މާރޗް 2017 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ
ކައުންޓަރާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާފަންނު ޔޫތު ސެންޓަރު، އަތޮޅު ކައުންސިލް އިދާރާތައް،
ރަށު ކައުންސިލްގެ އިދާރާތައް އަދި ޒުވާނުންގެ މަރުކަޒުތަކުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ. އަދި ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުގެ ފޭސްބުކް ޕޭޖް
:National Career Guidance Centre އިންވެސް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން
30 އޭޕްރިލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ފޯމް އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ)
ކޮޕީއާއިއެކު އައިޑީ ކާޑް ކޮޕީ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (މާފަންނު ޔޫތު ސެންޓަރު) އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ރަށްރަށުން
ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެން.ސީ.ޖީ.ސީ އަށް ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދެމެވެ.
ނޯޓް:
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ (އެން.ސީ.ޖީ.ސީ) އީމެއިލް: [email protected] /[email protected]
- އެޑިއުކޭޝަން މިނިސްޓްރީ އީމެއިލް: [email protected]
- ޓޫރިޒަމް މިނިސްޓްރީ އީމެއިލް: [email protected]
- ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރ :- ފޯން: 3323860 / 3329335 ހިލޭގުޅޭ ނަންބަރު: 1456
23 ޖުމާދަލްއާޚިރު 1438