ދިވެހިރާއްޖެ
ޝަމްސުއްދީން ސްކޫލް
ސ. މީދޫ، ދިވެހިރާއްޖެ
ނަންބަރު: GS50/IUL/2017/04
އިޢުލާން
އެކްޓިވިޓީ ޔުނީފޯމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ކުދިންގެ އެކްޓިވިޓީ ޔުނީފޯމް، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން: 30 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ޝަމްސުއްދީން ސްކޫލުގައި
* އަންދާސީހިސާބު ހުށަހެޅުން: 03 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ޝަމްސުއްދީން ސްކޫލަށް
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.