ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޕްބްލިކް އެގްޒޭމިނޭޝަންސް
ދިވެހިރާއްޖެ
ނަންބަރު: (IUL)120/120/2017/14)
އިޢުލާން
2016 ވަނަ އަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި ބޭއްވުނު ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން:
2016 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިޙާނުގެ ސެޓްފިކެޓް 2017 މާރިޗު 30 ވަނަ ދުވަހުން ފެށިގެން 2017 އެޕްރީލް 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.
މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށައެޅުމުންނެވެ.
24 ޖުމާދަލްއާޚިރާ 1438
23 މާރިޗު 2017