ދިވެހިރާއްޖެ
ފިޔޯރީ ސްކޫލް
ގދ.ފިޔޯރީ، ދިވެހިރާއްޖެ
ނަންބަރު:GS209/IUL/2017/07
އިޢުލާން
ސްކޫލްބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން!
2017 ން 2018 އަށް މިސްކޫލުގެ ސްކޫލްބޯޑަށް ބެލެނިވެރިންގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވާ 5 މެމްބަރުން އިންތިޚާބް ކުރަން ބޭނުންވެގެން ކުރި މިސްކޫލުގެ ނަންބަރ:GS209/IUL/2017/05 އިޢުލާނާއި ގުޅިގެން 3 މެމްބަރުންވަނީ ކުރިމަތިލާފައެވެ. ވީމާ ބެލެނިވެރިންގެ ތެރެއިން އަދި 02 މެމްބަރަކު ހޮވުމަށް އިޢުލާން ކުރަމެވެ.މެމްބަރުކަމަށް ކުރިމަތިލެވޭނީ ސްކޫލުގައިކިޔަވާދަރިވަރެއްގެބެލެނިވެރިޔަކުނުވަތަބަލަދުވެރިޔަކަށެވެ.
މެމްބަރުން އިންތިޚާބް ކުރާނެގޮތް:
2 މެމްބަރުންނަށްވުރެ މަދުން މީހުން ކުރިމަތިލައިފިނަމަ، ކުރިމަތިލީ މީހުން ވޯޓްލުމަކާއި ނުލައި އިންތިޚާބްވީއެވެ.2 މެމްބަރުންނަށް ވުރެ އިތުރަށް މީހުން ކުރިމަތިލައިފިނަމަ، އެމީހުންގެ ތެރެއިން 2 މެމްބަރުން އިންތިޚާބްކުރާނީ ބެލެނިވެރިންގެ މެދުގައިނެގޭ ސިއްރު ވޯޓަކުންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބެލެނިވެރިން 2017 އެޕްރިލް 2 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބޯޑް މެމްބަރުކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމާއެކު ކުރިމަތިލައްވާ ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ބޯޑް މެމްބަރުކަމަށް އެދޭފޯމް ރަސްމީގަޑީގައި ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.
22 މާރިޗް 2017
22 ޖުމާދަލްއާޚިރާ 1438