ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-CAS/1/2017/11
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 06 އޭޕްރިލް 2017 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޕްރޮގްރާމް ކޯޑިނޭޓަރ

މަޤާމް :ޕްރޮގްރާމް ކޯޑިނޭޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޕްރޮގްރާމް ކޯޑިނޭޓަރ 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް:

އެމެރިކަން ސެންޓަރ މޯލްޑިވްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނެޝެނަލް ބިއުރޯ އޮފް ކުލެސިފިކޭޝަން ބިލްޑިންގ، 3 ވަނަ ފަންގިފިލާ

މުސާރަ:

13107/-

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ރަމަޝާންމަހު ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޝާންމަހުގެ އެލަވަންސް ލިބޭނެއެވެ.

މަސައްކަތްކުރަންޖެހޭ ގަޑި

މިމަޤާމުތަކަށް ހޮވޭ މުވައްޒަފުން މަސައްކަތްކުރަން ޖެހޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދު، ޤައުމީ ކުތުބުޚާނާއިން ކަނޑައަޅާ ޑިއުޓީއަކަށް، އެއްގަޑިއިރުގެ ބްރޭކަކާއެކު، ދުވާލަކު 7 ގަޑިއިރުއެވެ. މަސައްކަތްކުރަންޖެހޭ ދުވަސްތައް ކަނޑައެޅޭނީ އެމެރިކަން ސެންޓަރގެ ޕްރޮގްރާމް ކަލަންޑަރާއެއްގޮތަށެވެ. މި މަޤާމަށް ހޮވޭ މުވައްޒަފަކީ ބަންދު ދުވަސްތަކުގައި ވަޒީފާއަށް ނުކުމެވޭނެ މުވައްޒަފަކަށް ވާން ވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކަލެކްޝަންތައް ބަލަހައްޓާ ޝެލްފް ތަރުތީބުކުރުން.
  • ކަސްޓަމަރުން ހޯދަންއެދޭ މަޢުލޫމާތުތަކާއި، އެމެރިކަން ސެންޓަރަށް ޒިޔާރަތްކުރާ ފަރާތްތައް، މެމްބަރޝިޕް ރެޖިސްޓްރޭޝަން އަދި އެހެނިހެން މުހިންމު ސްޓެޓިސްޓިކްސް ޝީޓް އެކުލަވާލުމުގެ މަސައްކަތްކުރުވުން. އަދި މިގޮތުން ލިބޭ މަޢުލޫމާތު ރިކޯޑުކުރޭތޯބަލާ، އެނަލައިޒް ކުރުން.
  • ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ދިވެހިރާއްޖޭގެ ނޫސްތަކުގެ މީޑިއާ ސަމަރީ ހެދުން.
  • މާލެއާއި އަތޮޅުތެރޭގައި ހިންގާ އެމެރިކަން ސެންޓަރގެ ޙަރަކާތްތައް ކޯޑިނޭޓްކޮށް ހިންގުން.
  • ޔޫއެސް އެމްބަސީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އައު ޕާޓްނަރުން ހޯދާ ޙަރަކާތްތައް އަމަލީގޮތުން ހިންގުން.
  • އެމެރިކަންސެންޓަރގެ ގްރާންޓްތަކުގެ އިދާރީކަންކަން ބެލެހެއްޓުމާއިި މޮނިޓަރ ކުރުން. 
  • އެމްބަސީގެ ލަނޑުދަނިތަކާއި އެއްގޮތަށް ސަރުކާރުގެ އިދާރާތަކާއި އެން.ޖީ.އޯ ތަކާއި ގުޅުން ބަދަހިކުރުން.
  • އެމެރިކަން ސެންޓަރގެ ކޮންޓެކްޓް ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޔޫއެސް އެމްބަސީގެ މިޝަން އާއި ވިޝަން އާއި އެއްގޮތަށް ކަލްޗަރަލް ޕްރޮގްރާމްތައް ޕްރޮމޯޓްކޮށް އެންމެހާ ލޮޖިސްޓިކް ކަންތައް ބެލެހެއްޓުން.
  • ޕަބްލިކް އެފެއާޒް އޮފީހުން އަންގާ ގޮތެއްގެމަތިން އެމެރިކަން ސެންޓަރއިން ހިންގާ ކަލްޗަރަލް، އެޑިއުކޭޝަނަލް އަދި ސޯޝަލް ޕްރޮގްރާމްތަކުގެ ރިޕޯޓް ފޮނުވުން.
  • ޔޫއެސް ގަވަމެންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  • އެޑިޔުކޭޝަން ޔޫ.އެސް.އޭ ގެ އިމްތިޙާނުތައް އޮންނަ ދުވަސްތަކުގައި ސުޕަވައިޒްކުރުމާއި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ސޯޝަލް ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މި މަޤާމަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިންނަށްށެވެ. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު
  • ޕްރެކްޓިކަލްސް

ނޯޓް: އެމެރިކާއާ ގުޅޭ އާންމު މައުލޫމާތު ހުރި ފާރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް.
  • ލިބިފައިވާ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލިމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓްވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ).

(ށ). ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މި ފަދަ ސެޓްފިކެޓްތައް އެކްރިޑެޓް ކުރަން ނުޖެހޭނެއެވެ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ). ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތްތުގެ ތަޖުރިބާ  ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމް އަދި އެހެނިހެން ލިޔުންތައް ހުށަހަޅާނީ 2017 އެޕްރީލު 06 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ސިޓީ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2017 އެޕްރީލު 10 ވަނަ ދުވަހާއި 2017 އެޕްރީލު 30 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323943 ނަންބަރު ފޯނާއެވެ.

 

23 ޖުމާދަލްއާޚިރާ 1438

22 މާރިޗު 2017

22 މާރިޗު 2017