ދިވެހިރާއްޖެ
މަޤާމް :ޑިރެކްޓަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަގާމު |
ޑިރެކްޓަރ |
މަގާމުގެ ނަންބަރު |
J-269143 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަގާމުގެ ގިންތި |
ދާއިމީ |
މަގާމުގެ ރޭންކް |
އީ.އެކްސް-1 |
މަގާމުގެ ކްލެސިފިކޭޝަން |
ޑިރެކްޓަރ |
ސެކްޝަން |
އެޑްމިނިސްޓްރޭޝަން ޑިވިޜަން |
އޮފީސް |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
މުސާރަ |
8,835.00 ރުފިޔާ |
ސަރވިސް އެލަވަންސް |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. |
މަގާމުގެ ޝަރުތުތައް. |
1. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1. މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމުގައި ޕީ.އެސްގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 2. ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަނާއި، މެއިންޓަނަންސް އެންޑް ލޮޖިސްޓިކްސް ސެކްޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރު ކުރުމާއި، އެކްޝަން ޕްލޭން ހިންގުމަށް ބޭނުންވާ ބަޖެޓް ދުރާލާ ތައްޔާރުކޮށް ސްޕަވައިޒަރަށް ހުށަހެޅުން. 3. އެކިއެކި އިދާރާތަކުން ފޮނުއްވާ ސިޓީ/ނޯޓް ފަދަ ތަކެތި ބަލާ، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަނެ، ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނެސް އަޅަންޖެހޭ ފިޔަވަޅު އެޅުން. 4. އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ މުވައްޒަފުންގެ ފެންވަރު ބެލުން، އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ތަކަކީ ކޮބައިތޯ ދެނެގަނެ، ޓްރޭނިންގ ޕްލޭން ތައްޔާރުކުރުން. 5. މިނިސްޓްރީގެ ސްޓޮކާއި އިންވެންޓްރީގެ މަސައްކަތްތައް ބެލެހެއްޓުމާއި މިނިސްޓްރީގެ މެއިންޓަނަންސް ކަންތައް ބެލެހެއްޓުން. 6. ގާނޫނު ނަންބަރު75/4 ގެ ދަށުން މިނިސްޓްރީން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ މަސައްކަތްކުރުން. 7. މީގެ އިތުރުން އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަގާމު |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަގާމުގެ ނަންބަރު |
J-288498 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަގާމުގެ ގިންތި |
ދާއިމީ |
މަގާމުގެ ރޭންކް |
އެމް.އެސް-1 |
މަގާމުގެ ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ސެކްޝަން |
މެއިންޓަނަންސް އެންޑް ލޮޖިސްޓިކްސް ސެކްޝަން |
އޮފީސް |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
މުސާރަ |
5,610.00 ރުފިޔާ |
ސަރވިސް އެލަވަންސް |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. |
މަގާމުގެ ޝަރުތުތައް |
1. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 3. ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1- ސެކްޝަނުންކުރާ މަސައްކަތްތަކާގުޅިގެން، އެކިފަރާތްތަކުން ސެކްޝަނަށް އަންނަ ސިޓީ/ނޯޓް ފަދަ ލިޔުންތަކަށް ސްޕަވައިޒަރު އަންގަވާގޮތެއްގެމަތީން ޢަމަލުކުރުމާއި، ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން. 2- ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމުގައި އެހީތެރިވެދިނުން. 3- އެމް.އެން.ޑީ.އެފްގެ ނަމުގައި ރަޖިސްޓްރީކުރާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން. 4- މިނިސްޓްރީއާއި އެމް.އެން.ޑީ.އެފް ގެ ބޭނުންތަކަށް ހޯދޭ ބިންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ސްޓޮކް ބެލެހެއްޓުމާއި، މެއިން އިންވެންޓްރީ ބެލެހެއްޓުން.
|
|
5- މިނިސްޓްރީގެ ކޮމްޕިއުޓަރތަކަށާއި ޕްރިންޓަރތަކަށް އަދި ސޮފްޓްވެއަރ އަށާއި ޑޮމެއިން ކޮންޓްރޯލް ސަރވާއަށް ދިމާވާ މައްސަލަތައް ކަމާބެހޭ އައިޓީގެ މުވައްޒަފުންނާ ގުޅިގެން ހައްލުކުރުން. 6- ވަޒީފާއާގުޅޭގޮތުން އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ޑިރެކްޓަރ މަގާމަށް: 1- ތަޢުލީމާއި ތަމްރީނަށް(ލިބިފައިވާ އިތުރު ތަޢުލީމާއި ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %40 2- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5 3- މަސައްކަތުގެ ތަޖްރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/އެހެނިހެން ތަޖްރިބާ) 4- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/އިމްތިޙާން) %38 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމަށް: 1- ތަޢުލީމާއި ތަމްރީނަށް(ލިބިފައިވާ އިތުރު ތަޢުލީމާއި ދާއިރާއާގުޅޭ ކުރު މުއްދަތުގެ ތަމްރީން) %38 2- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5 3- މަސައްކަތުގެ ތަޖްރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/އެހެނިހެން ތަޖުރިބާ) 4- ލިބިފައިވާ ހުނަރު (އިންޓަރވިއު/އިމްތިޙާން) %43 |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ:) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ، (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.defence.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޭޕްރީލް 3 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. |
އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު: |
މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2017 އޭޕްރީލް 9 އާއި 13 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައެވެ. ޑިރެކްޓަރ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަރވިއުގެ އިތުރުން އިމްތިޙާނަކާއި ޕްރެޒެންޓޭޝަނެއް ހުށަހެޅުން އޮންނާނެއެވެ. ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަރވިއުގެ އިތުރުން އިމްތިޙާނެއް އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
(މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ) މި މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |