ދިވެހިރާއްޖެ
އިއުލާން
ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން
ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 46ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު(2012/R-11)ގެ ޖޫރިމަނާ ފީގެ ތާވަލަށް (ޖޫރިމަނާ އަދަދަށް) އަންނަނިވި އިސްލާހު ވަނީ ގެނެސްފައެވެ.
- 1. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ޖަދުވަލު 3ގެ 1ވަނަ ނަމްބަރަށް އަންނަނިވި އިސްލާހު ގެނައުން
ޖަދުވަލު 3
ޖޫރިމަނާ ފީގެ ތާވަލު |
# |
ޙަވާލާދޭ މާއްދާ |
އަރިމަތީ ސުރުޚީ |
ތަފްޞީލް |
ޖޫރިމަނާ ދައްކަންޖެހޭ އުސޫލު |
ޖޫރިމަނާގެ ޢަދަދު |
1. |
11 (ބ) |
ލައިސަންސް ފީ |
ކަނޑައަޅާފައިވާ މުއްދަތުގައި އަހަރީ ފީ ނުދެއްކުން |
ފާއިތުވާ ކޮންމެ ދުވަހަކަށް |
ނުދައްކާ އޮތް ފީގެ 0.05% (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ)
މި ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ ނުދައްކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000/- (ދެލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށެވެ. |
މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި 07 މާރޗް 2017ގައި ޝާއިއުކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފެށިފައެވެ.
09 F 1438
08 މާރޗް 2017