ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)427-LCM/1/2017/8:ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 14 މާރިޗު 2017 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރީބްރޯޑްކުރުމުގެ ޤަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

އިއުލާން

ރީބްރޯޑްކުރުމުގެ ޤަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

 

ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 46ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (2012/R-20)ގެ ޖޫރިމަނާ ފީގެ ތާވަލަށް (ޖޫރިމަނާ އަދަދަށް) އަންނަނިވި އިސްލާހު ވަނީ ގެނެސްފައެވެ.

 

  1. 1.                ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ޖަދުވަލު 2ގެ 10ވަނަ ނަމްބަރަށް އަންނަނިވި އިސްލާހު ގެނައުން

 

ޖަދުވަލު 2

ޖޫރިމަނާގެ ތާވަލު

 

ނުދައްކާ އޮތް ފީގެ 0.05% (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ)

މި ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ ނުދައްކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000/- (ދެލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށެވެ.

މި ޤަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާ ޚިލާފުވުން. (ފާއިތުވާ ކޮންމެ ދުވަހަކަށް)

10.

 

މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި 08 ފެބްރުއަރީ 2017ގައި ޝާއިއުކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފެށިފައެވެ.

 

 

09 F 1438

08 މާރޗް 2017

09 މާރިޗު 2017