ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-MTG/2017/06
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 28 މާރިޗު 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންފްލުއެންޒާ ވެކްސިން ރާއްޖެއަށް އެތެރެކުރުމާ ގުޅޭ

އިޢުލާން 

                                 

             ރާއްޖޭގައި މިދުވަސްވަރު އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުން ދިއުމާއި ގުޅިގެން އިންފްލުއެންޒާ ވެކްސިން، ރާއްޖެއަށް ދަތުރު ކުރައްވާ ފަސިންޖަރުން ގެނައުން ދަނީ އިތުރުވަމުންނެވެ. އިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ވެކްސިން ބޭނުން ކުރުމާއި ހަމައަށް 2oC-8oC ގައި ބަހައްޓަންޖެހޭ، މި ނޫން ގޮތަކަށް ގެންގުޅެފިނަމަ ހަލާކުވާނެ އެއްޗެކެވެ. މިފަދަ ވެކްސިން ބޭނުންކުރުމަކީ އޭގެ ސަބަބުން ސިއްހަތައް ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. ވެކްސިން ގެނައުމުގައި އަމަލުކުރަންޖެހޭ މިންގަޑުގައިވާ ގޮތުން، ޕެކްކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާ އެއްގައި ވެކްސިން އަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެނގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނަރ ގައި ހިމެނެންވާނެއެވެ.

              އެހެންކަމުން، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ގޮތްގޮތަށް އަދި އެކަމުގެ ހުއްދަ ނެތި ވެކްސިން ރާއްޖެއަށް އެތެރެ ނުކުރުމަށާއި މިފަދަ ވެކްސިން ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.  

 

              22 ޖުމާދަލްއާޚިރާ 1438

21 މާރިޗު 2017