ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PRJ/01/2017/12
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 20 އޭޕްރިލް 2017 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސް މަހިޑޯލް އެވޯޑު 2017

އިޢުލާން

 

ތައިލޭންޑްގެ ޕްރިންސް މަހިޑޯލް އެވޯރޑް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ދޭ ޕްރިންސް މަހިޑޯލް އެވޯޑް އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން 20 އޭޕްރިލް 2017 (ބުރާސްފަތި) ދުވަހުގެ 12:00 ގެކުރިއަށް ނޮމިނޭޝަން ފޯމް ފުރިހަމަކުރައްވައި މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު މިޑިވިޜަންއަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުންލިބިވަޑައިގަންނަވާނެއެވެ.  http://www.princemahidolaward.org/index.en.php އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު މިޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

21 މާރިޗު 2017