ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2017/048
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 30 މާރިޗު 2017 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަލެކްޝަން ސަރވިސް އޮފިސަރ

އިޢުލާން

ނަންބަރު:WAMCO-CA/IUL/2017/048 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ކަލެކްޝަން ސަރވިސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 ރުފިޔާއާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ޏ.ފުވައްމުލައް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ވޭސްޓް މެނޭޖްމަންޓް ނުވަތަ އެންވަޔަރަމަންޓާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ވޭސްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން،
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން،
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވެމްކޯގެ ފަރާތުން ފުވައްމުލަކުގެ ގޭބިސީތަކުން އުފައްދާ ކުނި ނެގުމުގެ ހަރަކާތްތައް ހިނގުމާއި ދުވަހުން ދުވަހަށް އެ ހަރަކާތްތައް ހިނގާނުހިގާގޮތް ބެލުން
  2. ފުވައްމުލަކުގެ ގޭބިސީތަކުން ކުނި ނެގުމުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ އަދި ދެފަރާތަށް ފައިދާކުރާނެ އުސޫލުތަކަކަށް މަސައްކަތް ކުރުން
  3. ގޭބިސީތަކުން ކުނި ނެގުން އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ރޭވުންތައް ރާވައި ތައްޔާރުކުރުން
  4. ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފީޑްބެކު ހޯދޭނެ ފަދަ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުން
  5. ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޑޭޓާބޭސްއެއް ތައްޔާރުކުރުން
  6. އޮޕަރޭޝަން ޑިޕާޓްމަންޓްގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮއްދިނުން
  7. ކުނި ނެގުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރު ކުރުން
  8. ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތަށް ބޭނުންވާ ސްޓޭންޑަރޓް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  9. މީގެ އިތުރުން ކޯޕަރޭޝަނުން ރާވައިގެން ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2017 މާރޗް 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. އަދި މިއިޢުލާނާއި ގުޅިގެން [email protected] އީމެއިލަށް ފޮނުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެ.

އިންޓަރވިއު:

- - އިންޓަރވިއުއާއި އިމްތިޙާނުކުރުން ބޭއްވޭނެ ތަނާއި ތާރީޙް މި މަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ހޮވޭފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޖުމާދަލްއާޚިރާ 1438

21 މާރޗް 2017

21 މާރިޗު 2017