ވަޒީފާގެ ފުރުޞަތު
ނަންބަރު: GS05-A/HR/2017/04
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 02 އޭޕްރިލް 2017 12:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރީ ސްކޫލް ޓީޗަރ

c

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ހުވަދު އަތޮޅު އުތުރުބުރި، ވިލިނގިލީ

ދިވެހިރާއްޖެ.   

 

GA. ATOLL EDUCATION CENTRE

Vilingili, North Huvadhu Atoll

Republic of Maldives

 

 

 

 

                              

 

ނަންބަރު:GS05-A/HR/2017/04                              

ވަޒީފާގެ ފުރުޞަތު

 

 

 

 

  މަޤާމް:                  ޕްރީ ސްކޫލް ޓީޗަރ

މަޤާމުގެ ނަންބަރު:              -

ބޭނުންވާ އަދަދު :              6

މަޤާމުގެ ގިންތި:               ކޮންޓްރެކްޓް  

 

މަޤާމުގެ ރޭންކް:              GS1

މަޤާމުގެ ކުލެސިފިކޭޝަން:        ސްކޫލް ޓީޗާރސް

ސެކްޝަން:                 އެކަޑަމިކް ސެކްޝަން

 

މަޤާމު އޮތް އޮފީސް:            ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން:       ގއ. އަތޮޅު ތަޢުލީމީ މަރުކަޒު/ ގއ. ވިލިނގިލީ

މުސާރަ:                   4,500.00 ރުފިޔާ

ސަރވިސް އެލަވަންސް:         2,500:00 ރުފިޔާ

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  * ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާއި އެއްގޮތަށް ފަރުވާތެރިކަމާއި އެކު ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުން

* ކިޔަވައިދެއްވުމަން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، އެތަކެތި އުގަންނައިދީ އެކުދިންނަށް ހާސިލްވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން

* ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް " ސްކީމް އޮފް ވާރކް " ތައްޔާރުކޮށް ނިންމެވުން.

* މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކާއި  ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން.                            

* މަރުކަޒުން ބާއްވާ ސްޓާފު މީޓިންގ ، ޝެޝަން މީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އަދި އެނޫނަސް ޓީޗަރެއްގެ ހައިސިއްޔަތުންބައިވެރިވެލެއްވުމަށް މަރުކަޒުންއަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއިއެކު ބައިވެރިވެވަޑައިގަތުން.

* ދަރިވަރުންގެ ފޮތްތަކާއި ކިޔަވައިދިނުމާއިގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ދުވަހުން ދުވަހަށް ބައްލަވާ މާރކް ކުރައްވައި އަދި ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތިވެސް ސާފުތާހިރުކޮށް، އިސްރާފް ކުޑަކޮށް ބޭނުންކުރެވޭނެ ގޮތްތަށް ދަސްކޮށްދީ އެކަންކަމަށް ބާރުއެޅުން

 

 

* ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން.

* ކުލާސްތެރޭގައި ހޭދަކުރައްވާ ގަޑިތަކުގައާއި މަރުކަޒުންބޭރުގައި ކުދިންގެ އަހުލާޤަށް ސަމާލުކަން ދެއްވުމާއި ކުލާސްތެރޭގައި ރީތި އަޙްލާގެއްގެ މަށްޗަށް ދަރިވަރުން ތަރުބިއްޔަތުކުރެއްވުން

* އަދި ކިޔަވައިދެއްވާ ކުލާހުގެ ދަރިވަރުންގެ އުނގެނުމާއި އަޙްލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން

* ދިވެހި ސަރުކާރުގެ ޤަވައިދާއި ، ދިވެހި ސިވިލް ސަރވިސްގެ ޤަވައިދުތަކާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އަދި މަރުކަޒުގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުން

* މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން މަރުކަޒުން އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން.

  • ދާއިރާ: ކިޔަވައިދިނުމާއި ބެހޭ ދާއިރާ

ޝަރުތު:                                    

                

މަޤާމު

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ

GS 1

ޕްރީސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން  ސާބިތު ކޮށް ދިނުމާއިއެކު ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއެކު. ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން

3,565:00

 

1,500:00

ޕްރީ ސްކޫލް

ޓީޗަރ

GS 2

ޕްރީސްކޫލް ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ، ސެޓްފިކެޓް 2 ލެވެލް ގެ ސަނަދެއް ޙާޞިލުކޮށްފައިވުން

4,000:00

 

1,500:00

ޕްރީ ސްކޫލް

ޓީޗަރ

GS 3

ޕްރީސްކޫލް ޓީޗަރ 3

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް  ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ޙާޞިލު ކޮށް ފައިވުން

4,465:00

 

1,500:00

ޕްރީ ސްކޫލް

ޓީޗަރ

GS 4

ޕްރީސްކޫލް ޓީޗަރ 4

ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާއިރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ޙާޞިލުކޮށް ފައިވުން ، ނުވަތަ ކިޔަވައި ދިނުމުގެ ރޮނގުން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ޙާޞިލުކޮށް ފައިވުން

5,020:00

 

2,500:00

ޕްރީ ސްކޫލް

ޓީޗަރ

MS 1

ޕްރީސްކޫލް ޓީޗަރ 5

ކިޔަވައި ދިނުމުގެ ރޮގުން ނުވަތަ ޕްރީ ސްކޫލް ޓީޗިން ދާއިރާއިން  ޑިޕްލޮމާ ޙާޞިލުކޮށްފައިވުން

5,610:00

 

2,500:00

ޕްރީ ސްކޫލް

ޓީޗަރ

MS 2

ޕްރީސްކޫލް ޓީޗަރ 6

ކިޔަވައި ދިނުމުގެ ރޮގުން ނުވަތަ ޕްރީ ސްކޫލް ޓީޗިން ދާއިރާއިން  ބެޗްލަރސް ޑިގްރީ  ޙާޞިލުކޮށްފައިވުން

6,295:00

 

2,500:00

ޕްރީ ސްކޫލް

ޓީޗަރ

MS 3

ޕްރީސްކޫލް ޓީޗަރ 7

ޕްރީ ސްކޫލް ޓީޗިން ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައި ދިނުމުގެ ރޮގުންއެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ ހާޞިލުކޮށްފައިވުން ، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7,035:00

 

2,500:00

ޕްރީ ސްކޫލް

ޓީޗަރ

MS 4

ޕްރީސްކޫލް ޓީޗަރ 8

ކިޔަވައި ދިނުމުގެ ރޮގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންދާ އިރާއިން މާސްޓާރސް ޑިގްރީއެއް ހާޞިލުކޮށްފައިވުން، ނުވަތަ ޕްރީސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން

7,875:00

 

2,500:00

 

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

 

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

  1. ޙާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. ލިބިފައިވާ މަސައްކަތުގެ ދާއިރާގެ ތަޖުރިބާއަށް ބަލައިގެން
  3. މަސައްކަތުގެ ހުނަރާއި، ގާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް
  4. ޤާބިލްކަށް ކަށަވަރުކުރުމަށް އިންޓަރ ވިއު ކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމް މިސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

 

  1.  ލިބިގައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

 

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވަފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރަމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުންހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކުރައްވަފައިވާ ލިޔުމުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

6،   ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ކޮޕީ.

 

  1.  ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް  ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ކޮޕީ.
  2.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

 (ހ) ސިވިލްސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި  މަސައްކަތް  ބަޔަންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

 (ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުބްގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫ ކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

   ވަޒީފާއަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމަރުކަޒުގެ ވެބްސައިޓުން [email protected] ވެބްސައިޓުން ޑައުންލޯޑުވެސް ކުރެވޭނެއއެވެ. މަޤާމަށް އެދި ހުށަހަޅާ ތަކެތި ހުށަހަޅާނީ 2017 މާރޗް 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމަރުކަޒުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި،ލިޔުންތައް ފެކްސް މެދުވެރިކޮށް ވެސް ބަލައި ގަނެވެނޭއެވެ. ފެކްސް ނަންބަރަކީ: 6820087 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަށް ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 

 

ހ.   މި މަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަ ޖެހިފައިވަނީ 2017 އެލްރީލް 02 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 12:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

 

 

ގެ މީޓިންގ ރޫމުގައެވެ. އަދި މިވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެކަން މިމަރުކަޒުން އަންގާނެއެވެ.

 

-         މިމަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރ ވިއުއަށް ވަޑާއިގަންނަވާ އިރު  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، ލިއުންތަކުގެ އަސްލު ގެންނަށް ވާނެއެވެ.

 

   -އިތުރު މަޢުލޫމާތެއް ސާފުކުރުމަށްބޭނުން ފުޅުވާނަމަ 6820029 ނަންބަރުން އެޗްއާރު ސެކްޝަނަށް ގުޅުއްވުންއެދެމެވެ. 

 

ޝޯޓް ލިސްޓްކުރުން:  

  

 މިމަޤާމަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާރކްސް ލިބޭ އުސޫލުގައި ބަޔާން ކުރާ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެހުރިހާ ބަޔަކުންއެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

    މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ 50% އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

 

   މިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިމަރުކަޒުގެ ނަންބަރު: 6820029 ނަންބަރު ފޯނާއެވެ. ފެކްސްކުރައްވާ ނަންބަރަކީ: 6820087 އެވެ.

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނައާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުން ފުޅުވެލައްވާ ފަރާތްތަކުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ނަންބަރު: 6820029 ފޯނަށް ގުޅުއްވުން އެދެމެވެ.

                      22 ޖިމާދަލް އާޚިރާ 1438 ހ

                      21 މާރޗް      2017  މ

 

 

 

 

ޝިމްލާ ޢަލީ     

ޑެޕިއުޓީ ޕްރިންސިޕަލް   

 

21 މާރިޗު 2017