މަސައްކަތް
ނަންބަރު: (IUL)MCIF/1/2017/3
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 02 އޭޕްރިލް 2017 14:00
މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިންގ އެޖެންސީއެއް ހޯދުން

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ފަރާތުން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި ގުޅިގެން، ކުރިއަށްގެންދަންޖެހޭ މާކެޓިންގ ޙަރަކާތްތަކަށް މި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން، ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މާކެޓިން މެޓީރިއަލްސްތައް ޑިޒައިންކުރުމާއި އިވަންޓްތަކާއި ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ސޯޝަލް މީޑިއާގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްދިނުން ހިމެނެއެވެ.  

މަސައްކަތުގެ އަގެއްގެ ގޮތުގައި ހުށަހަޅާނީ މަސައްކަތް ކުރުމަށް ހުށަހަޅާ މަހު ފީ އެކެވެ. އަދި މި މަސައްކަތަކީ 01 (އެއް) އަހަރުގު ދުވަހުގެ ކޮންޓްރެކްޓެކެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02  އޭޕްރިލް ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މ. ސަކައިމޫ(މޫކާއި ސުއިޓްސް)،ހަވީރީ ހިންގުން، ތިންވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 3008307 ނަންބަރު ފޯނަށް ގުޅުއްވުމަށް އެދެމެވެ.

 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް

މ. ސަކައިމޫ (މޫކާއި ސުއިޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

 

23 ޖުމާދަލްއާޚިރު 1438

21 މާރޗް 2017

21 މާރިޗު 2017