ޢާންމު މަޢުލޫމާތު
ނަންބަރު: HMH | IUL | 2017 | 011
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 28 މާރިޗު 2017 00:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ސްޓޯރ  

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލްގެ ސްޓޯރގައި

ތަޢުލީމާ ތަޖުރިބާ:

 

  1. ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން ނުވަތަ
  2. މަޤާމާއިގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       ހޮސްޕިޓަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުން

2-       ހޮސްޕިޓަލުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެއްޗަށް އެދުމާއި، ދޫކުރުމުގައި ރަނގަޅު ހަރުދަނާ އުޞޫލެއް ޤާއިމްކުރުން. އަދި އެކަން އެގޮތުގައި ދެމެހެއްޓުން

3-       މެޑިކަލް ކޮންސިއުމަބަލް އަދި ޖެނެރަލް ސްޓޮކް ދުވަހުން ދުވަހަށް ބެލެހެއްޓުން.

4-       ސްޓޮކުން އޮޕަރޭޝަން ތިއޭޓަރ، ލޭބަރ ރޫމް، ލެބޯޓްރީ، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އޯ.ޕީ.ޑީ، ވޯޑު އަދި އޮފީހަށް ބޭނުންވާ ތަކެތި ދޫކުރުން.

5-       ކުރިން އޯޑަރ ކުރެވިފައިވާ ތަކެތީގެ ކަންތައްތައް ފޮލޯއަޕްކޮށް ބަލަމުން ގެންދިއުން.

6-       ސްޓޮކުން މަދުވާ ތަކެއްޗަށް އޯޑަރުކުރުން. މެޑިކަލް ކޮންޒިއުމަބްލް ސްޓޮކް، ކޮންޓްރޯލް ޑްރަގް ސްޓޮކް، އިކްއިޕްމެންޓް ސްޓޮކް، އޮކްސިޖަން، ނައިޓްރަސް އޮކްސިޖަން، ޖެނެރަލް ސްޓޮކަށް ތަކެތި ހުސްވުމުގެ ކުރިން ހޯދޭނެ އިންތިޒާމު ހަމަޖެއްސުން.

7-       ސްޓޮކާއި އިންވެންޓްރީ ކޮމްޕިއުޓަރައިޒްކޮށް ބަލަހައްޓަމުން ގެންދިއުން. އަދި ޚަރަދުތައް ކުޑަކުރުމަށް ބާރުއެޅުމާއެކު މުއްދަތު ހަމަވެގެން ނައްތާލަންޖެހޭ ތަކެތި ވީހާވެސް މަދުކުރުމަށް މަސައްކަތްކުރުން.

8-       މުއްދަތު ހަމަވާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލަމުން ގެންދިއުން.

 

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 28 މާރޗް 2017 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުންއެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮހީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • ޕޮލިސް ރިޕޯޓް
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން / އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 މާރިޗު 2017