ދިވެހިރާއްޖެ
`
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ Maldives Transport Authority
މާލެ، ދިވެހިރާއްޖެ Male’, Republic of Maldives
ނަންބަރު : IUL-202-L/1/2017/28
އިޢުލާން
މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުތަކުގެ އަދަދު މަދުވުމާއި ގުޅިގެން އެ ޚިދުމަތް ބޭނުންވާ ޢާއްމު ފަރާތްތަކަށް އެކަށީގެންވާގޮތަށް ޓެކްސީގެ ޚިދުމަތް ލިބެމުން ނުދާތީ އެކަން ހައްލު ކުރުމުގެ ގޮތުން ތިރީގައި މިވާ ޝަރުޠު ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަދޭގޮތަށް ފުރުޞަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ.
ޓެކްސީގެ ސިފަތައް
1- ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް (ޓެކްސީ ޤަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް) ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި މި ބޯޑުގެ ސައިޒާއި، ބޯޑުގައި ބޭނުންކުރާ ފޮންޓާއި، އެ ފޮންޓުގެ ސައިޒާއި، ބޯޑުގެއަލި ދުރަށް ފެންނަން ހުންނަ މިންގަނޑު ހުންނަންވާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.
2- ޓެކްސީ ކުރާ އުޅަނދުގެ އެތެރެއާއި ބޭރު، ޤަވާއިދު ނަންބަރު 2009/3 (އެއްގަމު އުޅަނދު ރޯދްވާދިނަސް ހެދުމުގެ ޤަވާއިދު) ގެ މިންގަނޑުތަކަށް ފެތުމާއެކު، އެއަރކޮންޑިޝަން ކޮށްފައިވާ އުޅަނދަކަށްވުން.
3- އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ދޮރުފަތްލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައިވުން.
ޓެކްސީ ލައިސަންސް ދޫކުރާނީ އެކަމަށް އެދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ، ތިރީގައިވާ ތަކެތި ހުށަހެޅުމުންނެވެ.
1- ފުރިހަމަކޮށްފައިވާ ފޯމާއެކު އުޅަނދުގެ ވެރިފަރާތުގެ އައިޑީ ކޮޕީ
2- ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރުގެ ލިޔުން
3- އުޅަނދުގެ ރަޖިސްޓަރީގެ އަސްލު
4- އަހަރީ ފީ ދެއްކި ކަމުގެ ސްލިޕް
5- އިންޝުއަރެންސް ކުރިކަމުގެ ލިޔުން
6- -/100(އެއްސަތޭކަ) ރުފިޔާގެ ރެވެނިޔު ސްޓޭމްޕް
7- ޓެކްސީގެ ލައިސްންސްގެ ފީ -/50،000 (ފަންސާސް ހާސް) ރުފިޔާ
26 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ ކުރިން މި އޮތޯރިޓީއަށް ޓެކްސީ ހުއްދައަށް އެދި ހުށަހެޅުން.
20 ޖުމާދަލްއާޚިރާ 1438
19 މާރިޗު 2017