ދިވެހިރާއްޖެ
މިސްކޫލްގެ ތަކެތި ރައްކާ ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު މިސްކޫލުގެ ނަންބަރ GS116(IUL) /2016/039 ( 15 ޑިސެމްބަރ 2016 ) އިޢުލާނާއި ގުޅިގެން އެކަމަށްއެދި އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން، މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ހުށައެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުއްވާ ނަމަ އެކަން ބަޔާންކޮށް ސިޓީފޮނުވަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
23 މާރޗް 2017 ( ބުރާސްފަތި ) ދުވަހުގެ 13:30ގައި. |
އެސްޓިމޭޓް ހުށައެޅުން |
04 އޭޕްރީލް 2017 ( އަންގާރަ ) ދުވަހުގެ 13:30 ގައި. |
ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާން ކުރީމެވެ.
22 ޖުމާދުލްއާޚިރާ 1438